ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މަޖިލިސް އިދާރާގެ މުވައްޒަފަކު ވެސް ސަސްޕެންޑްކޮށްފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

އެކަމާއި ގުޅިގެން ސަންގުން ސުވާލުކުރުމުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަހުމަދު ޒިޔާއު ވިދާޅުވީ ސަސްޕެންޑް ކޮށްފައިވަނީ މަޖިލީހުގެ އިދާރާގައި މަަސައްކަތްކުރާ ޖޫނިއަރ ސްޓާފެއްކަމުގައެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މަޖިލިސް މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާއިރު، ބަންގްލަދޭޝްގެ އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގައިފައިވާކަމަށް ބުނާ ގިނަ ވީޑިއޯތަކެއް ވަނީ މިދިޔަ ދުވަސްތަކުގައި ލީކުވެފައެވެ.

އަލަމްގިރިއާއެކު ޖަމާއަތް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި  ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި އިމާދުއްދީން ސްކޫލްގެ ޓީޗަރެއްވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަލަމްގިރިއާއެކު ލިވާތުކުރި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރާފިއު އާއި ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ.

އެ މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ކޯފާ އިސްކުރައްވައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ރައީސް ނަޝީދުވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނާޒިމް ސައްތާރު ހައްޔަރުކުރީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހަރުކަށި ފިކުރުގެ ލީޑަރުންގެ ހިތް ރުއްސުމަށް ކުރި ކަމެއް ކަމުގައި މީގެ ކުރިން ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ތެރޭގައި ބަނގުރާބޯ މީހުންނާއި ޒިނޭކުރާ މީހުން ތިބިކަން އެމަނިކުފާނަށް އެނގިވަޑައިގެންނަވާ ކަމަށާއި އެކަން ހާމަކުރައްވަން ގަސްތުކުރައްވާ ކަން ވިދާޅުވެފައެވެ.  އެއާއެކު ރައީސް ނަޝީދު ވަނީ ރައީސް ސާލިހު ހިލޭ އަންހެނަކާއިއެކު ޒިނޭ ކުރާ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ އެ ފޮޓޯތައް ފުލުހަށް ފޮނުވަންވީތޯ އައްސަވާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް މެސެޖު ކުރައްވާފައެވެ.

އެ މައްސަލައިގައި ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ރައީސް ނަޝީދު ޕާޓީގެ ރައީސް ކަމުންނާއި މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގޮވާލަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން މިހާތަނަށް ބުނެފައިވާ ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގު ކުރެވެމުން ކަމަށާއި އެ މައްސަލައިގައި ތުހުމަތުކުރެވޭ ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ދަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކުރަމުން ކަމުގައެވެ.

އެގޮތުން ލިވާތުކުރުމުގައި އިސް ދައުރެއް އަދާކޮށް ގިނަ ބަޔަކާއެކު ގުޅުން ހިންގާފައިވާ  އަލަމްގިރި ފުލުހުން ވަނީ ހައްޔަރުކޮށްފައެެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: