ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ!

އިދިކޮޅުން ބޭއްވި ޖަލްސާއެއްގެ ތެރެއިން ރައީސް ޔާމީން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނިންމަވައިފި އެވެ.

ޕީޕީއެމްއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލު ކުރައްވަން ނިންމަވާފައިވަނީ، އޯގަސްޓު މަހުގެ 11 ވަނަ ދުވަހު، 20:30 ގައި، މ ދިމްޔާތު އިމާރާތުގެ 7 ވަނަ ފަންގި ފިލާގައި ކުރިއަށް ގެންދާނެ ބައްދަލުވުމެއްގައެވެ.

ރައީސް ޔާމީން، މީގެ ކުރިން ވަކި ވަކި މީޑިއާތަކާއި، އެކި ފުރުސަތުތަކުގައި ބައްދަލު ކުރައްވާފައިވީނަމަވެސް، އެ މަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަތުމަށް ފަހު، އެންމެހާ މީޑިއާތަކަށް ފުރުސަތު ހުޅުވާލައިގެން، ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިނުވެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން ރައީސް ޔާމީނަށް ދެއްވުމަށް ފަހު، އެ ޕާޓީންވަނީ، އޯގަސްޓު މަހުގެ 19 ވަނަ ދުވަހު، ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ރަސްމިއްޔާތެއް ބާއްވާނެކަމަށްވެސް އިއުލާނު ކުރައްވާފައެވެ. އެހެން ނަމަވެސް މި ވަގުތު އެ މަނިކުފާނުގެ މައްޗަށް ކޮރަޕްޝަނާއި، މަނީލޯންޑަރިންގެ ދައުވާތަކެއް ކުރެވި، ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: