އިންސާފު ހޯދުމުގެ ނަމުގައި ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއިމެދު އަނިޔާވެރި އަމަލު ނުހިންގުމަށް ފުލުހުން އެދިއްޖެއެވެ.
ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނެ ފިރިހެން ޓީޗަރަކަށް ހުޅުމާލޭގައި ބަޔަކު އަނިޔާކޮށްފައިވާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމު ވުމާއެކު ފުލުހުންވަނީ އެމައްސަލަ ބަލަން ފަށާފައެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރު ވަނީ ހައްޔަރު ކޮށްފައެވެ.
ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވީ ހިނދު،
1/3— Maldives Police (@PoliceMv) August 24, 2022
ފުލުހުން ރޭ ކުރި ޓްވީޓެއްގައި ވަނީ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖޭގެ ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންސާފު ހޯދުމުގެ ނަމުގައި ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާ މެދު ރާއްޖޭގެ ގާނޫނުތަކާއި ހިލާފު އަނިޔާވެރި އަމަލުތައް ހިންުގުމަކީ ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރަކީ މީގެ ކުރިންވެސް ކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. މި މައްސަލައިގައި ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ދަރިވަރާއި ބެހުނީ ޓީޗަރު އަމިއްލައަށް އެދިގެން ޓިއުޝަންދޭން ގޮސް ކަމަށް ބުނެ އެގެއަށް ގެންގޮސްގެންނެވެ.
ފުލުހުން ޓީޗަރު ހައްޔަރު ކޮށްފައިވަނީ ރޭ 10:00 ޖަހާކަށް ހާއިރު ހިޔާފްލެޓް ސަރަހައްދުގައި މީހަކަށް އަނިޔާ ކުރާ ކަމުގެ ރިޕޯޓް ލިބުމާގުޅިގެންނެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ޓީޗަރު ކުއްޖަކާ ބެހުނު މައްސަލަ މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީޑިއާ ތަކަށް މައުލޫމާތުދީފައެވެ.

