ހުޅުމާލެ ނިރޮޅުމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީ ބަހެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ، މިއަދު ހެނދުނު 10:07 ހާއިރު، ހުޅުމާލޭ ނިރޮޅު މަގުން ދުއްވާފައި ދިޔަ ބަހެއް އެ މަގުގައި ހުންނަ ހަތްތަރި މާޓް ކުރިމަތީ ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިފައެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު ލބިފައި ނުވާ ކަމަށާއި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

