ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައަކީ ބަހުރުވައެއް ނޫން، ޚުތުބާއަށް އުނި އިތުރު ގެނައުން: ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައަކީ އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުން ނޫން ކަމަށާއި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގެ އުސޫލާ ޚިލާފުވާގޮތައް ޚުތުބާއަށް އުނި އިތުރު ގެނެސްގެން ކިޔުންކަމަށް ސަރުކާރުން ބުނެފިއެވެ.

އައްޑޫ ސިޓީ މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން މުދިމަކު ވަނީ ސަސްޕެންޑު ކޮށްފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުޙައްމަދު “ސަންގު ޓީވީ“އަށް ވިދާޅުވީ އައްޑޫ ބަހުރުވައިން ޚުތުރުބާ ކިޔުމުގެ މައްސަލައަށްވުރެ ބޮޑަށް ޚުތުބާ ކޮމިޓީން މި މައްސަލަ ބަލަނީ، އޮންނަ އުޞޫލާއި ޚިލާފަަށް ފާސްކޮށްފައިވާ ޚުތުބާއަށް އުނިއިތުރު ގެނައި މައްސަލާގެ ގޮތުގައެވެ. އަދި އެއީ މަނާކަމެއްކަމަށާއި ފާސްކޮށްފައިވާ ޚުތުބާއަށް އުނި އިތުރު ގެންނަންވެއްޖެނަމަ އެއިން ނުކުންނަ ނަތީޖާ ރަނގަޅު ނުވާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

”އިސްލާމިކް މިނިސްޓްރީން ފާސްކޮށްފަ އޮންނަ އުސޫލު ތެރޭގަ އޮންނާނެ އިސްލާމިކް މިނިސްޓްރީން ދޭ ހުކުރު ޚުތުބާކަން ހުރިހާ ރަށެއްގަވެސް ކިޔަން ޖެހޭނީ. އެއަށް ބަދަލު ގެނެސްގެން ނުވާނެ ކަން. ނަމަވެސް މީދޫގައި އުނި އިތުރު ގެނައުމުގެ ސަބަބުން އަސްލު އެ މައްސަލައަކަށްވީ“ މިއުވާން ވިދާޅުވިއެވެ.

އައްޑޫ ބަހުރުވައިން ޚުތުބާ ކިޔުމުން މުދިމު ސަސްޕެންޑުކޮށްފައިވާކަމަށްބުނެ އެތައްބަޔަކު ވަނީ ސޯޝަލް މީޑިއާތެރޭގައި ނުރުހުން ފާޅުކޮށްފައެވެ. އަދި އަމިއްލަ ބަހުރުވައިން ޚުތުބާ ކިޔުމަކީ މައްސަލައެއް ނޫންކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ވަރަށް ގަދަ
22%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: