ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުން ގައުމަށް ވީ އެއްވެސް ފައިދާއެއް ނެތްކަމަށް ބުނެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދެއްކެވި ވާހަކަތަކަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޭރުގެ ގައުމުތަކަށް ގިނަ ދަތުރުތަކެއް ކުރައްވާފަ އެވެ. އަދި މި ދަތުރުތަކުގައި ސަރުކާރުގެ އިސްވެރިންނާއި، ރައީސް އޮފީހުގެ އިސްވެރިންގެ ބޮޑެތި ޑެލިގޭޝަންތައް ބައިވެރިވެ އެވެ. އަދި ކެބިނެޓު މިނިސްޓަރުންނާއި، އެ ވުޒާރާތަކުގެ ޑެޕިއުޓީ މިނިސްޓަރުން ވެސް ބޮޑެތި ޓީމުތަކާއި އެކު ދަނީ ދަތުރު ކުރައްވަމުންނެވެ.
ދަތުރުތަކުން ރައްޔިތުންނަށް ވީ ފައިދާއަކާއި މެދު ސުވާލު އުފައްދައި މިއުވާން ވިދާޅުވީ، އޭގެ ސަބަބުން ނިކުތް ނަތީޖާއެއް ވެސް ފެންނަން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދަތުރުތަކުން ލިބުނު އެއްވެސް ރަނގަޅު ނަތީޖާއެއް ނެތްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
މިއުވާންގެ ވާހަކަތައް މީޑިއާތަކުން ރިޕޯޓު ކުރުމުން އިދިކޮޅުގެ ގިނަ މެމްބަރުން އެކަމަށް ރައްދު ދެއްވި އެވެ. އެގޮތުން ސަރުކާރަށް ރައްދު ދީ ރައީސް ޔާމީންގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ވަނީ ސަރުކާރުގެ ހަރަދުތަކުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފަ އެވެ.
މުސްތަފާ ވިދާޅުވީ، މެލޭޝިއާއަށް ކުރި ހަތަރު ދަތުރުގެ ތެރެއިން އެއް ދަތުރުގެ ހުރިހާ ހަރަދަކާއި ޓިކެޓުތައް ހަމަޖެއްސެވީ ރައީސް ޔާމީން ކަމަށެވެ. އަދި އެއީ އަމިއްލަ ދަތުރުފުޅަކަށް ވީތީކަމަށް ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި 90 އޮންއެރައިވަލް ވިސާ ދިވެހިންނަށް ހަމަޖެހިގެން ދިޔަ ކަމަށެވެ.
ސައުދީއަށް ކުރި ހަ ދަތުރުފުޅުގެ ތެރެއިން އެއް ދަތުރަކީ ހައްޖުގެ އަޅުކަމަށް ކުރެއްވި ދަތުރަކަށްވާއިރު އެދަތުރުގައި ޓިކެޓު ހަމަޖައްސަން ޖެހުނީ އެމީހަކު އަމިއްލައަށްކަން ފާހަގަ ކުރެއްވި އެވެ. މުސްތަފާ ވަނީ ސަލްމާން މިސްކިތުގެ ޕްރޮޖެކްޓު ހަމަޖެހިގެން ދިޔައީ ސައުދީއަށް ކުރި ދަތުރެއްގައިކަން ފާހަގަ ކުރައްވާފަ އެވެ.
ރައީސް ޔާމީން ގާތް ގުޅުމެއް ބޭއްވިކަމަށް ބުނާ ޗައިނާއަށް އެމަނިކުފާނު ކުރެއްވީ ތިން ދަތުރެވެ. މި ދަތުރުފުޅުގައި ފެލްޓުގެ ގިނަ މަޝްރޫއުތަކާއި، ބްރިޖު އަދި ފްރީ ޓްރޭޑުގެ މަޝްރޫއު ހަމަޖެހިގެން ދިޔަ އެވެ. އަދި އެއާޕޯޓު މަޝްރޫއު އޭގެ ތެރޭގައި ހިމެނެ އެވެ.
މީގެއިތުރުން ޔޫއޭއީގެ ދަތުރުފުޅުގައި ދިވެހިންނަށް އޮންއެރައިވަލް ވިސާ އަދި މާފަރު އެއާޕޯޓު މަޝްރޫއު ހަމަޖެހުނުކަން މުސްތަފާ ފާހަގަ ކުރެއްވި އެވެ.
މާލެއާއި ކައިރީގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސް ޕްރޮޖެކްޓަކީ، ތައިލޭންޑަށް ކުރެއްވި ހަމައެކަނި ދަތުރުން ހަމަޖެހިގެން ދިޔަ މަޝްރޫއުއެޖެވެ.
މުސްތަފާގެ ޓުވީޓުގައި ފާހަގަ ކުރެއްވި މަޝްރޫއުތަކަކީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު އެއްކޮށް ނިމިފައި ހުރި މަޝްރޫއުތަކެވެ.
ދަތުރުތަކުން.. pic.twitter.com/Ay86Fmj07A
— Ahmed Musthafa (@musthonomics) September 24, 2022
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާތީ، ދަތުރުތައް މަޑުޖައްސާލަން އަންގައި ފިނޭންސް މިނިސްޓްރީން ވުޒާރާތަކަށް ސާކިއުލާއެއް ނެރުނު ނަމަވެސް ހަރަދުތައް ކުޑަ ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ. އަދި މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނައިބުން ގެންދަަވަނީ ބޭރުގެ ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ.
އެމްޑީޕީ އާއި ސަރުކާރުގެ ގިން ބޭފުޅުން ވެސް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރެއްވި ދަތުރުތަކުން އެއްވެސް ފައިދާއެއް ނުވާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މާލެ ހުޅުމާލެ، ބްރިޖު އަދި ރިންގްރޯޑް މަޝްރޫއާއި،

