ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: ތިން މީހުންގެ ބަންދު ދަމަހައްޓައިފި

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ތިން މީހުން / ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދު ކޯޓުން ދަމަހައްޓައިފިއެވެ.

އެ މައްސަލައިގައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ގެންގޮސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމީ މއ ފާގަފިލާގޭ އަހުމަދު އިސްމާއިލް (އަހަނދު) އާއި މ ލެގޫންވިއު އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) ގެ އިތުރުން ދަފްތަރު ނަމްބަރު 8499 އަހުމަދު މުއާޒް (ގަޓު މުއާ) އެވެ.

އެތިން މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފެށިފައިވާއިރު، އިސޫގެ މައްޗަށް އުފުލާފައިވަނީ  ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަހަނދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މިހާތަނަށް ތިން އަޑުއެހުމެއް ބޭއްވިފައިވެއެވެ. އެގޮތުން ފުރަތަމަ އަޑުއެހުން އާއްމުކޮށް ބޭއްވިފައިވާއިރު އޭގެ ފަހުން ބޭއްވި އަޑުއެހުންތައް ދިފާއުންނާއި ދައުލަތުން އެދިގެންވަނީ ސިއްރުކޮށްފައެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުނު އިރު، އެ އަޑުއެހުމުގައި ގާޒީ ވަނީ އެމީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓާފައެވެ

ރިޟްވާންގެ މައްަލައިގައި މީގެ ކުރިން ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީގ ހިލްޓަން އާލިފް ރައޫފް އާއި ގދ ވާދޫ މުހައްމަދު ނޫރައްދީން ގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމައި ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއި ގުޅިގެން މީގެ ކުރިން ހަ މީހެއްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް އެ ދައުވާ ސާބިތުވެފައިވަނީ ދެ މީހުންގެ މައްޗަށެވެ. ބާކީ ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހެއްގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފަް ކުރިއިރު ދެންތިބި ދެމީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިނެތުމުގެ ސަބަބުން އެ ދެމީހުންގެ މައްސަަލަ އިސްތިއުނާފްކޮށްފައެއް ނުވެއެވެ.

ރިޟްވާން ގެއްލުވާލާފައިވަނީ މީގެ އަށް އަހަރުކުރިންނެވެ. އެއީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި މަރުކޮމިޝަނުން ބުނެފައިވަނީ  ރިޟްވާން މަރާލީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ރަހީނުކޮށްގެން ކަމަށާއި މަރާލުމަށް ފަހު ކަނޑުފައްތާފައިވާ ކަމަށެވެ.

މީގެ އިތުރުން ސީރިއަސް ޒަހަމުތަކަކާއި އެކު ބްލޮގަރު ޔާމީން ފެނިފައިވަނީ އޭނާ ދިރިއުޅުނު ގެ ކަމަށްވާ މ ސްޕެޓޫލާގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: