ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ނިންމި ނިންމުމާއެކު، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިއްޖެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް / ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޮޑުބައެއް ގެއްލިއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ވަނީ މޮރިޝަސް ވިއްކާލާފައި ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައެއް މޮރިޝަސް އަށް ވިއްކާލާފައިވާ މޭރުމުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެކަމަކީ ބަޔަކު ހިލޭ ކުރާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާއި ގިނަ ބަޔަކު ވެސް ގަބޫލުކުރަނީ ކަނޑުގެ ބައެއް ވިއްކާލައި ބަޔަކު އޭގެ ފައިސާ ނަގާފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދާ ގޮތަށް އެއްބަސްވެ، ރައީސް މޮރީޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވި ކަމަށް ދެކެވޭ ވާހަކަތަކަށް އެއްވެސް ރިއެކްޓެއް ނުކުރައްވާތީ ޔާމީން ވަނީ އެކަމާ ހިތްހަމެނުޖެހި ވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.

ރައްޔިތުންނާ ގުޅޭ މިކަހަލަ ކަންކަމުގެ ވާހަކަ އައިމަ ރިއެކްޓް ކުރަންޖެހޭނެ. ރައްޔިތުން ކައިރިއަށް އައިސް އޮޅުންފިލުވައިދޭން ޖެހޭނެ. ކީއްވެގެން ފޮނުވަންޖެހުނު ސިޓީއެއްތޯ އޮޅުންފިލުވައިދޭންޖެހޭނެ.

އެކަމުގައި ބަންޑާރަ ނައިބް ކަންތައްކުރެއްވި ގޮތުން ޔާމީން ވިދާޅުވީ ހާރިޖީ ސިޔާސަތު ނިންމަވާއިރު މަޖިލީހުގެ ބަސް ހޯދަން ނުޖެހޭ ކަމަށް ރިފްއަތު ވިދާޅުވިޔަސް ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ.

ބަންޑާރަ ނައިބް މި ނުބައި ލަފާދީގެން މިއުޅެނީ. ބަންޑާރަ ނައިބް ބުނެފި ރައީސް ނުޖެހެޔޭ ހާރިޖީ ސިޔާސަތުގެ ކަންކަން ކަނޑައަޅާއިރު ރައްޔިތުންގެ މަޖިލީހަށް ދާކަށް. އެހެންވީމަ އަޅުގަނޑު ދަންނަވާ ވާހަކައަކީ ދުނިޔޭގެ އެހެން ތަނެއް ނަމަ، ޑިމޮކްރަސީގެ ނަމޫނާ ތަނެއް މިއީ. މިވަރުގެ ކަމެއް ކޮށްފިއްޔާ އޭނާ އަމިއްލައަށް އިސްތިއުފާ ދޭނެޔޭ.

އެމަނިކުފާނު ވިދާޅުވީ ރިފްއަތު މަގާމުން ވަކިކުރުމުން ދެން އެކަމުގައި އަސްލު ހިނގި ކަންތައްތައް ވެސް ސާފުވާނެ ކަމަށެވެ. އެ ނިންމުން ނިންމުގައި ބަޔަކަށް ފައިސާ ލިބުން ނަމަ އެކަން ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.

މިހާރު މިއޮތީ ކަނޑު ވިއްކާލާފައި. މިހާރު މިއޮތީ ދިވެހިރާއްޖޭގެ ކަނޑުގެ 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވިއްކާލާފައި.

ޔާމީން ވިދާޅުވި ގޮތުގައި 2018 ގެ ކެމްޕެއިން ދުވަސްވަރު ރަށްރަށަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނަ ވައުދުފުޅުތަކެއް ވެލެއްވި ނަމަވެސް ނ. އަތޮޅަށް އެކަނި ބަލާލިޔަސް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާބޮޑު ކަމެއް ކުރެވިފައެއް ނެތެވެ.

މި ސަރުކާރުގެ ލީޑަރުންގެ އަޑެއް ނީވޭތީ އެކަމުގައި ވެސް ޔާމީން ފާޑުވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޓްރޭޑް މިނިސްޓަރު ކަން ކުރެއްވި ދުވަސްވަރު އަދި ފަހުން ރައީސް ކަން ކުރެއްވި ދުވަސްވަރު ގައުމު ވިއްކާލި ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުން ނުކުރައްވާ އެއްވެސް ތުހުމަތެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީން އޭރު ތުހުމަތު ކުރި ކަންކަން މާސާފުކޮށް ކުރަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިސަރުކާރަށް ވޯޓު ދޭނެ މީހަކު ނެތް ކަމަށާއި ވައުތައް ފުއްދާފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން މިސަރުކާރު އޮތީ ނިމިފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: