ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ހައްގުތައް ކަށަވަރުވެފައިނުވުމުން ރާއްޖޭގެ އިންސާނީ ހައްގުތައް ކަށަވަރުވެފައިވާ މިންގަނޑުތައް ފެނިގެންދޭ!

ރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތައް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކާއި ތަންފީޒު ކުރަންޖެހޭ ގާނޫނުތައް ތަންފީޒު ނުކުރުމަކީ އެ ހައްގުތަކަށް އަރައިގަތުންކަމަށް ރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ބުނެފިއެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ، އުތެމަ، ހޯޕް ފޯ ވިމެން އަދި ޓްރާންސްޕެރެންސީ މޯލްޑިވްސްއާއި އެހެނިހެން ޖަމިއްޔާތައް ގުޅިގެން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރާއްޖޭގެ ސަރުކާރުވަނީ، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފެލްވެފައެވެ.

ބަޔާނުގައި ބުނެފައިވާގޮތުން، ރާއްޖޭގެ ސަރުކާރުން، ބިދޭސީންގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް މަސައްކަތުގެ މާހައުލުގައި ބަލަންޖެހޭ މިންގަނޑުތަކާއި ދިރިއުޅޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ބަލަހައްޓާފައިނުވެއެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުގެ ބަޔާނުގައި ވާގޮތުން، ނުހައްގުން މަސައްކަތް ކުރުވުމާއި ބިދޭސީން ޓްރެފިކް ކުރުމުގެ ވާހަކަތައް ވާނީ އެކި ރިޕޯޓުތަކުގައި ބަޔާންކޮށްފައިކަމަށެވެ. އަދި އެކަށީގެންނުވާ ދިރިއުޅުމުގެ ހާލަތުގެ ވާހަކައާއި އެއް ތަނެއްގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ވާހަކަތައްވެސް ފާހަގަކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން ސިޔާސީ ގޮތުންވެސް މިފަދަ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތްތައް ނުކުރެވުމަކީ ބިދޭސީންގެ ހައްގުތައް ގެއްލިދިއުމަށް ފުރުސަތު އިތުރުވެގެންދާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރު ވަމުންދިއުމަކީ ބިދޭސީއިން ގެ އިތުރުން މުޅި މުޖުތަމައަށްވެސް ހުރި ނުރައްކަލެއް ކަމަށް ބުނެފައިވެއެވެ.

2008 ވަނަ އަހަރު އެކުލަވާލެވިފައިވާ އެމްޕްލޮއިމެންޓު އެކްޓުގައި މަސައްކަތްތެރިންނަށް އެކަށީގެންވާ ދިރިއުޅޭ ތަނެއް ދެއްކުން ކުންފުނިތަކަށް ލާޒިމް ކުރާކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިގާޮތުން، ވަޒީފާގެ އެގްރީމެންޓަށް ބަދަލު ނުގެނެވުމާއި މީހަކާއި އިނުމަށް ހުރަސްތަކެއް އެޅިގެންދާނަމަ އެމީހަކު އެވަނީ ޓްރެފިކް ކުރެވިފައިކަމަށް ހިއުމަން ޓްރެފިކިން ގާނޫނުގައި ވާގޮތުން ދޭހަވާކަމަށެވެ.

އެހެންނަމަވެސް ރާއްޖެއިން ސޮއި ކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ގޮތުން މިފަދަ ކަންކަން ބަލަހައްޓައި ނެގެހެއްޓުން ލާޒިމު ނަމަވެސް ދިމާވާ މައްސަލަތަކުގެ ވާހަކަތައް ދެކެވޭ މިންގަނޑުތައް މަދު ކަމަށާއި ހިއުމަން ޓްރެފިކިންގް ގެ މައްސަލަތައް ތަހުގީގު ކުރެވޭ މިންގަނޑުތައްވެސް މަދުކަމަށް ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔާތަކުގެ ބަޔާނުގައިވާގޮތުން އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދުތަކުގެތެރޭގައި ބިދޭސީ މަސައްކަތްތެރިން ގެ ބޯހިޔާވަހިކަމުގެ މިންގަނޑުތައްވަނީ ސާފުކޮށް ލިޔެވިފައިކަމަށެވެ. އެހެންކަމުން އެ ކަންކަމަށް އަމަލު ނުކުރުމަކީ ކަނޑައެޅިގެން އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް ބުނެފައިވެއެވެ.

ޖަމިއްޔާތަކުގެ ބަޔާނުގައި ވާގޮތުން، ރާއްޖެއިންވަނީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމާއި ގުޅޭ ބައިނަލްއަގުވާމީ މުހާއަދާތަކެއްގައި ސޮއިކޮށްފައި ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީއިން ތަހައްމަލު ކުރަމުންދަނީ ދަތި ހާލަތުތަކެއް ކަމަށާއި އެ ހާލަތުތަކުގެ ތެރޭގައި މަޖުބޫރުން މަސައްކަތް ކުރުވުމާއި، އޮޅުވާލައިގެން ގެނައުން އަދި އައިޑީ ޕާސްޕޯޓު ފަދަ ތަކެތި އަތުލުމާއި މުސާރަ ނުދިނުން ފަދަ ކަންކަން ހިމެނޭކަމަށް ބުނެފައިވެއެވެ.

ގުޅިފައިވާ ޖަމިއްޔާތުން ވަނީ ރާއްޖޭގެ ކަމާއި ބެހޭ މުއައްސަސާތަކުން ގާނޫނުތައް ތަންފީޒު ކުރުމުގައި ޒިންމާ އަދާ ކުރުމަށް ގޮވާލާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި މި މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ގުޅިފައިވާ ޖަމިއްޔާތަކުގެ ބަޔާނުގައި ބުނެފައިވާގޮތުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ސަރުކާރުން ވެފައިވާ އިހުމާލުން ރާއްޖޭގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުންދާ މިންވަރު ދައްކުވައިދޭކަމަށެވެ. އަދި ކެމިކަލް ފަދަ ތަކެތި މީހުން ދިރުޅޭ ސަރަހައްދުތަކުގައި ރަައްކާ ކުރުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: