ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ ބާކީ ހަށިތައް ގައުމަށް ފޮނުވާލައިފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި، ބޮޑީތައް ބޭގުތަކުގައި ގެންދިއުމުގައި އެމްއާރުސީން ހަރަކާތްތެރި ވަނީ/ ފޮޓޯ: ސަންގު -- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ އެންމެންގެ ހަށިތައް އެ ގައުމަށް ގެންގޮސްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ނިރުފެހި ގޭގައި މި މަހުގެ 9 ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު ވަނީ މަރުވެފައެވެ.  މަރުވެފައިވަނީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

މީގެ ކުރިން އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ އެ ގައުމަށް ފޮނުވާލާފައެވެ. އަދި ބާކީ ތިބި މީހުންގެ ހަށިތައް ފޮނުވާލެވިފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓްގައި ވަނީ ބުނެފައެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަކީ ހާއްސަ ތަހުގީގެއް ކަމަށާއި އެހެންކަމުން ތަހުގީގާއި ގުޅުން ހުރި މައުލޫމާތު ކުރިއަށްދާ ގޮތަށް ބަލައި ހިއްސާ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: