ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

160 މިލިއަން ރުފިޔާ އިތުރުކޮށް، ކޮމެޓީން ބަޖެޓް ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރު، މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ދިރާސާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކޮމެޓީން ގެނައި އިސްލާހު ތަކުގެ ސަބަބުން އިތުރުވި 160 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރު ކުރަން ފާސްކޮށްފައެވެ.

މިއާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 42.8 އަށް އަރާފައެވެ. އެ އިސްލާހް ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

މިއަހަރުގެ ބަޖެޓަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެންމެ ބޮޑު ބަޖެޓް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އިގްތިސާދީ ގޮތުން ދުނިޔެ އާއި ދިވެހިރާއްޖެ ހީނަރުކަމެއްގެ ތެރޭގައި އޮތުމަށް ފަހު އިގްތިސާދު ރަނގަޅުވަމުންދާ މި ދަނޑިވަޅުގައި ބޮޑު ބަޖެޓެއް ހުށައެޅުމާއެކު އެކަމަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: