ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮނެވާ ނަމޫނާ: 11 ރަށެއްގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތާއި ހުށަހެޅުންތަކަށް ޝައުނާގެ ތައުރީފު!

ސޮނެވާ ނަމޫނާއާ ގުޅިގެން ކުނި މެނޭޖުކުރުމުގެ މަސައްކަތް/ ފޮޓޯ: ސޮނެވާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓަށް ގެއްލުން ނުލިބޭނެހެން ކުނި މެނޭޖު ކުރާނެ ގޮތުގެ އައު ތަސައްވުރެއް 11 ރަށަކުން ކެބިނެޓު ވަޒީރުންނަށާއި، މަޖިލިސް މެމްބަރުންނަށް ހުށަހަޅައިފި އެވެ.

މި ހުށަހެޅުމަކީ ހދ. އަތޮޅާއި، ބ. އަތޮޅު އަދި ނ. އަތޮޅުގެ ރަށްތަކުން ތައްޔާރު ކުރި ކަރުދާހެކެވެ. ރަށްތަކުގެ ކައުންސިލްތައް ހިމެނޭހެން އެކުލަވާލި ހުށަހެޅުމަށް، ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުން ވަނީ ސޮނެވާގެ ނަމޫނާ ބައްދަލުވުމުގައި ހުށަހަޅައި ލިޔުމެއްގައި ސޮއިކުރައްވާފަ އެވެ. ލަނޑުދަނޑިތައް އެކުލަވާލާފައި ވަނީ، ސޮނެވާ ނަމޫނާ ޕްރޮގްރާމުގައި ކުރިޔަށް ހުރި މަސައްކަތް ރާވަން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެއްގަ އެވެ.

ރަށްތަކުން އެކުލަވާލި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ:

  • 2023 ނިމުމުގެ ކުރިން، ރަށު ފެންވަރުގައި ރީސައިކަލް ކުރެވޭ ޒާތުގެ ހުރިހާ ކުންޏެއް ވަކިކުރުމަށް ފަހު އެއްކުރުން އަދި އެތަކެތި ސާފު ކުރުން
  • ރަށްރަށުގައި ނޮން އޯގަނިކް ކުނި ހާމައަށް އެންދުން ހުއްޓާލުން
  • މި ރަށްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން ކުރުން
  • ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ސްޕެޝަލިސްޓުން ހޯދައި ތަމްރީނުކޮށް، ރަށްތަކުގެ މެދުގައި އެ ތަޖުރިބާ ހިއްސާ ކުރުން
  • ރަށްތައް ގުޅިގެން ކުނި މަދުކުރުމަށް ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުން

ކައުންސިލްތަކުން ވަނީ، ކުނި މެނޭޖު ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް، ސިންގަލް ޔޫސް ޕްލާސްޓިކް މަދު ކުރެވޭނެ މަގެއް ހޯދުމަށް ގޮވާލާފަ އެވެ. އެކަމަށް ސަރުކާރަށް ކައުންސިލްތަކުގެ ހުށަހެޅުމަކީ، ސިޔާސަތު ކަނޑައަޅާ ލެވެލްގައި 13 ކަމެއް ކުރުމަށެވެ.

މީގެއިތުރުން ކައުންސިލްތަކުގެ އަމާޒުތަކުގެ ތެރޭގައި އަމިއްލައަށް ހަލާކުވާ ޒާތުގެ ކުނިތައް އެންދުން ހުއްޓާލުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުން އަދި ކުނި މެނޭޖު ކުރުމުގެ ސްޕެޝަލިސްޓުން ހޯދައި ތަމްރީނުތައް ހިންގައި ތަޖުރިބާ ހިއްސާ ކުރުން ހިމެނެ އެވެ. ކުނި މަދު ކުރުމުގެ ޕްރޮގްރާމުތަކަށް އެއްބާރުލުން ދިނުން ވަނީ ހިމަނާފަ އެވެ.

ފެން ބަންދު ކުރާ ޕްލާސްޓިކުތައް އިތުރުވީ ނަމަވެސް، މިހާރު ކޮންމެވެސް ވަރަކަށް ސަޕްލައި ފެނަށް ރައްޔިތުން ބަރޯސާވާތީ ހުށަހެޅުންތަކުގެ ތެރޭގައި ފެން ޕްލާސްޓިކް ފުޅީގައި ބަންދު ކުރުން ހުއްޓާލުން ހިމެނެ އެވެ. އަދި ގޭބިސީތަކަށް ދޫކުރާ ފެނަކީ ރައްކާތެރި ގޮތުގައި ފޯރުކޮށްދޭ ފެންކަން ކަށަވަރު ކުރުމަށް ފެނުގެ ޓެސްޓުތަކެއް ހަދައި އޭގެ ނަތީޖާތައް އާއްމު ކުރުމާއި ހުރިހާ ރަށެއްގެ ސްކޫލާއި އާއްމުން އެއްވާ ތަންތަނުގައި ފެން ލިބޭނެ ސްޓޭޝަންތައް ބެހެއްޓުމަށް ވަނީ ލަފާ ދީފަ އެވެ.

ޕްލާސްޓިކް ބޭނުން މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރެއިން 2024 އިން ފެށިގެން ރިސޯޓުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަނާކޮށް، އޮޕަރޭޝަނަލް ލައިސެންސްގައި ވެސް އެ ޝަރުތު ހިމެނުމަށް ވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ، ކުނި މެނޭޖު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ރަށްތަކާއި މަދަނީ ޖަމިއްޔާތައް އަދި ޕްރައިވެޓް ސެކްޓާގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އެންމެން ގުޅިގެން ކުނި މެނޭޖު ކުރުމުގައި މަސައްކަތް ކުރާނެ ގޮތުގެ ވަރަށް ރަނގަޅު މިސާލުތައް ދައްކަމުން ގެންދާކަން ފާހަގަކުރި އެވެ.

މި ަބައްދަލުވުމުގައި ޝައުނާގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސިއީއޯ އަފްޝަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒު ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ބައިވެރިވެވަޑައިގަތެވެ.

ސޮނެވާ ނަމޫނާއަކީ ކުނީގެ ގޮތުގައި ބާކީ ކުރެވޭ ތަކެތި މަދުކޮށް ޒީރޯ ވޭސްޓް މުޖްތަމައެއް އުފެއްދުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެކެވެ. ސޮނެވާ ނަމޫނާގައި ހިމެނެނީ ބ އަތޮޅު ކިހާދޫ އާއި، ދޮންފަނާއި، މާޅޮސް، ދަރަވަންސޫ، އަދި ކުޑަގިރީގެ އިތުރުން ކަމަދޫ އާއި ކެންދޫ އެވެ. ނ. ކުޑަފަރީ އާއި، ޅޮހި، މަގޫދޫ އާއި ހަދ. މަކުނުދޫ ހިމެނެނީ ފަހުން މި ޕްރޮގްރާމް ފެށި ރަށްތަކުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: