ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މާލޭގައި ނެތީސް އިންތިހާބަށް އިއުލާނު ކުރުމުން އާޒިމްގެ ނުރުހުން!

ކެމްޕެއިނަށް ރައީސް ނަޝީދު ތިނަދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޓިކެޓުގައި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބައްވާ ރިޔާސީ ޕްރައިމެރީއަށް ޕަޓީން އިއުލާނު ކުރީ ވަރަށް ހުތުރު ގޮތަކަށްކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ އިދާރީ މަސައްކަތްތައް ނިންމައި، މިއަދު ކުރި އިއުލާނުގައި އިންތިހާބާއި ކެމްޕެއިނާ ދެމެދު ދީފައި ވަނީ ގާތްގަނޑަކަށް މަސް ދުވަހުގެ މުއްދަތެކެވެ. ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން، ކެމްޕެއިނަށް 30 ދުވަސް ދޭން ޖެހެ އެވެ.

އަންނަ މަހުގެ 28 ގައި ރިޔާސީ ޕްރައިމެރީ ބާއްވާ ގޮތަށް ނިންމައި، ޕާޓީން ކުރި އިއުލާނުގައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 500 މެމްބަރުންގެ ތާއީދު ސޮޔާއި އެކު ކެނޑިޑެސީ ފޯމު ހުށަހެޅުމަށެވެ.

އިންތިހާބުގައި ވާދަ ކުރާނެކަން ރައީސް މުހައްމަދު މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައި، އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ. ބޮޑެތި ކޯޅުންތަކާއި، ވާދަވެރިކަމެއް ފެނިގެން ދާނެ މި އިންތިހާބުގައި ރައީސް ނަޝީދާއި ދެން ވާދަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ޕްރައިމެރީގައި ވާދަ ކުރައްވާނީ، ވެރިކަމުގެ ދެ ވަނަ ދައުރަކަށް އައުމަށެވެ.

އިންތިހާބަށް އިއުލާނު ކުރި ގޮތާއި މެދު ބައެއް މީހުން ހިތްހަމަނުޖެހެ އެވެ. ހާއްސަކޮށް ފޯމު ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތު ދިނުން އެއީ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދާއި އަރިސް މެމްބަރު އާޒިމް ވިދާޅުވީ ކޮންމެ ކަމެއް ހުތުރު ގޮތަކަށް ގެންދަން މަސައްކަތް ކުރުމުގެ ނަތީޖާ މާ ރަނގަޅެއް ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު މިވަގުތު ރާއްޖޭގައި ނޫޅުއްވާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، އެކަން އެނގި ތިބެ ފޯމު ހުށަހަޅަން ދިނީ ފަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. އާޒިމް ވިދާޅުވީ، ރައީސް ނަޝީދަށް ސޮއި ހަމަ ކުރުން އެއީ މާބޮޑު މަސައްކަތެއް ނޫން ކަމަށެވެ. ނަމަވެސް މައްސައަކީ އިންތިހާބު ފެށިގެން ދިއުން ވެސް ގޯސްވުންކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވަމުން އައީ، ޕްރައިމެރީއަށް ދިއުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ބެހޭ މަޝްވަރާތައް ކުރަން ޖެހޭ ކަމަށެވެ. ހައްސަކޮށް ރިޔާސީ އިންތިހާބެއްގައި، ރައްޔިތުންގެ ވޯޓު ހޯދަން ދެވޭނީ ވީ ވައުދުތައް ފުއްދުމަށް ފަހުކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް 2018 ގެ ކެމްޕެއިނު މެނިފެސްޓޯގައި ހިމަނާފައި ވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ދެ ރައީސުންގެ ދެމެދު އޮތް ބޮޑު ވާދަވެރިކަމުގެ ތެރެއިން ބާއްވާ މި އިންތިހާބަކީ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ނަޒަރު ވެސް ހުއްޓޭނެ އިންތިހާބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: