ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު މިހާތަނަށް މިއައީ ރިއެކްޓް ނުކޮށް، އެހެން ނަމަވެސް ބައެއް ފަހަރު ރެސްޕޮންޑް ކުރެވޭ: ރައީސް ސާލިހު

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އިންތިހާބުގައި ތިބޭނީ އިދިކޮޅު ކެންޑިޑޭޓުންނެއް ނޫންކަމާއި ވާދަވެރިން ކަމަށާއި އިންތިހާބުގައި ތިއްބަވާނީ ވާދަވެރި ކެންޑިޑޭޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީ މައި ހަރުގޭގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ހުރިހާ އެންމެގެވެސް ވިސްނުމުގައި މިއީ އެތެރޭގެ އިންތިހާބެއް ކަން ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

އެހެންވީމާ އަޅުގަނޑު މިހާތަނަށް މިއައީ އެބޭފުޅުން އެވިދާޅުވާ ރިއެކްޓް ނުކޮށް، އެހެން ނަމަވެސް ބައެއް ކަންތައްތަކުގައި ރެސްޕޮންޑު ކުރެވޭ.

މާލޭގެ ބޯހިޔާވަހިކަމަކީ މާލޭ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރާ މަސައްކަތް ފެންނަން ހުންނާނެ ކަމަށާއި އެކަން އޮޅުވާލައިގެން ކޮންމެ މީހަކަށް ވެސް އެވާހަކަ ދެއްކިދާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މިހާރުވެސް މާލެ ސަރަހައްދުގައި 8782 ފްލެޓްގެ މަސައްކަތް އަމަލީ ގޮތުން ހިނގަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެސަރުކާރަކުން ފެށި ހައުސިންގ ނިޒާމެއް ނިންމައި ރައްޔިތުން އެފްލެޓްތަކަށް ވެއްދިފައެއްނެތް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިސަރުކާރުގެ މިފަސްއަހަރު ނިމޭއިރުގައި އަޅުގަނޑުމެން ހަދަމުނ އެގެންދާ ފްލެޓްތަކުގެ ތެރެއިން ބައެއްގައި މާލޭގެ ރައްޔިތުންނަށް ދިރިއުޅެވޭ ވަރުކޮށްދޭނަން. އޭގެ އިތުރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި އަޅުގަނޑު ވީވައުދު 5000 ގޯތި ދިނުމުގެ ވައުދު. އިރާދަ ކުރެއްވިއްޔާ ކަޑަޖަހާ އިންވަކިކޮށް ރޯނުދަމާ މާލޭގެ ރައްޔިތުންނަށް މިއަހަރު ތެރޭގައި ގޯތިދޭނަން. އަޅުގަނޑު މިކަން ކުރާނިއްޔަކީ ކުރެންދޫ ރައްޔިތުންނަށް ކަނޑުން 1000 ގޯތި ދިންގޮތަކަށް ނޫން.

ބޯހިޔާވަހިކަމުގެ 16401 ފްލެޓާއި ގޯތި ދިނުމުގެ މަޝްރޫއެއް މިސަރުކާރުން ކުރިއަށް ގެންދާ ކަމަށާއި އެކަމަކީ ރާއްޖޭގެ ތާރީހުގައި 5 އަހަރު ދުވަހުގެ ތެރޭގަިއ އެއްވެސް ސަރުކާރަކުން ކޮށްފައި އޮތް ކަމެއް ނޫން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުގައި އުނދަގޫތަކެއް  އިދިކޮޅު ޕާޓީގެ ފަރާތުންނާއި އެމްޑީޕީގެ ތެރެއިން ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކޮވިޑްގެ ދަތިކަމާއެކުގައި ވެސް ކަންތައްތަކެއް ހާސިލް ކުރެވުނު ކަމަށް އިހްސާސުކުރެވޭ ކަމަށެވެ.

ސަރުކާރު ފެށުމާއެކު ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ސަރުކާރަށް ދަތި ކުރުމާއި އުނދަގޫ ކުރުމާއި ރައްޔިތުންގެ ކުރިމަތީގައި ސަރުކާރާ ދޭތެރޭ ރައްޔިތުން ހިތުގައި ނަފްރަތު އުފެއްދުމަށްޓަކައި ޕާޓީ ތެރެއިން މަދު ބަޔަކު ނަމަވެސް މަސައްކަތް ކުރަމުން  ދިޔަ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލާނީ ތިކަން ހުއްޓަވާލައްވާ. އެކަން ހުއްޓާލައްވާ. ހުއްޓާލައްވާފައި ވަޑައިގެން އަޅުގަނޑުމެންނާ އެކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި މިވެފައިއޮތް ވައުދުތައް ފުއްދުމަށްޓަކައި އެކުއެކީ ކުރިއަށްދަމާ ހިނގާ.

ވާދަވެރި ފަރާތްތަކުން ދެން  ދައްކަމުންގެންދާ ވާހަކަ ކަމަށާއި ބަނގުރޫޓްވެ މުޅިގައުމު ހުއްޓުމަކަށް އައިސް ރާއްޖޭގެ ހާލަތު އަވަށްޓެރި ސްރީލަންކާގައި އޮތް ހާލަތަށް ގެންދަން ބޭނުންވެގެން ރެއާދުވާލު މަސައްކަތްކުރަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: