ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ ތެރެއިން މަދު ބަޔަކު، ސަރުކާރާއިމެދު ނަފްރަތު އުފެއްދުމަށް މަސައްކަތްކުރި: ރައީސް

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19ގެ ދަތިކަމާއިއެކުވެސް ވޭތުވެދިޔަ ހަތަރު އަހަަރުގެ ތެރޭގައިކަންތައްތަކެއް ހާސިލު ކުރެއްވިފައިވާކަމުގެ އުފާ އިހުސާސް ކުރެއްވޭކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ފެށިގެން އައިސުރެއް ކޮންމެ ދުވަހެއްގައިވެސް ސަރުކާރަށް ދަތިކުރުމާއި އުނދަގޫ ކުރުމުގެ އަމަލުތައް ހިންގާފައިވާކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ސަރުކާރާއިމެދު ނަފުރަތު އުފެއްދުމައްޓަކައި ޕާޓީގެ އެތެރޭގައި ތިބި މަދު ބަޔަކު ނަމަވެސް ކޮންމެ ދުވަހަކުވެސް މަސައްކަތްތަކެއް ކުރަމުންދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ އަމަލުތައް ހިންގުން ހުއްޓާލެއްވުމަށް އަމަލުތައް ހިންގަމުންދާ ފަރާތްތަކަށް ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތައް ހުއްޓާލުމަށްފަހު، އެމަނިކުފާނާއި ގުޅިގެން ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އެކީ ކުރިއަށް ދިއުމަށް އެމަނިކުފާނުވަނީ ދައުވަތު އަރުއްވާފައެވެ.

ރައީސް ވިދާޅުވީ، މިހާރު ހިނގަމުންދަނީ ޕާޓީގެ އެތެރޭގެ އިންތިހާބެއްކަން ޕާޓީގެ އެންމެހާ މެމްބަރުންވެސް ހަނދާންކުރަންޖެހޭކަމަށެވެ. އަދި މި އިންތިހާބުގައި ތިބޭނީ އިދިކޮޅު ކެނޑީޑޭތުން ނޫންކަމަށާއި ތިބޭނީ ވާދަވެރި ކެނޑިޑޭޓުންކަން އެމަނިކުފާނު ގާތުގައި މީހަކު ދާދި ފަހުން ބުނެފައިވާކަމަށާއި ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓޫކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެހެންކަމުން މިހާތަނަށް މަސައްކަތްކުރައްވާފައިވާނީ ”ރިއެކްޓުނުކޮށް“ ކަންކަން ކުރެއްވުމަށްކަމަށެވެ. އެހެންނަމަވެސް ބައެއް ކަންކަމުގައި ރައްދު ދިނުންވެސް މުހިންމުކަމަށް ފާހަގަކުރައްވާ ވިދާޅުވީ، ރައްޔިތުނަށް ބައެއް ކަންކަމުގެ ހަގީގަތްތައް ހާމަކޮށްދޭންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: