ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތައް މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން ޓެލެތޯނެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހުރި މިސްކިތްތައް އަންނަ ރަމަޞާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.

މޭލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ޓެލެތޯން ނުވަތަ  އިވެންޓް މި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާއި7 ވަނަ ދުވަހު އާރޓިފިޝަލް ބީޗުގައި އޮންނާނެއެވެ.

ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމައްޓަކައެވެ.

މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލާ އާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވުމުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިސްކިތްތަކުގެ  މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިސްކިތްތަކަށް އެހީ ހޯދުމަށް ބާއްވާ ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޞާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ

.އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: