ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ޓިކެޓް ހޯއްދަވައި ރައީސް ސާލިހް އެމްޑީޕީގެ ތާރީހުގެ ތެރެއަށް

ރައީސް ސާލިހު އަދި ރައީސް ނަޝީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވުނު ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެވެ.

ރައީސް ސާލިހް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އިންތިހާބުގައި ބައިވެރިވި މީހުންގެ 61 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ. މިއީ ވާދަވެރި އިންތިހާބެކެވެ.

ޕްރައިމަރީގެ ކެމްޕޭންތައް ކުރިއަށް ދިޔައީ ފޯރިއާއެކީގައެވެ. ރައީސް ސާލިހް އާއި ރިޔާސީ ޕްރައިމަތީގައި ވާދަކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ދެބޭފުޅުންނަކީ ވެސް ޕާޓީއަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުންދާ މުހިއްމު އަދި އެހާމެ ފުންނާބު އުސް ދެބޭފުޅުންނެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހް އަކީ ދެ އެކުވެރިންނެވެ. ޒަމާންވީ ދެއެކުވެރިންގެ އެކުވެރިކަން ވެސް ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމާއެކުގައި ހީނަރުވެގެން ދިޔައީއެވެ.

ކޮންމެއަކަސް ރިޔާސީ ޕްރައިމަރީގެ ނަތީޖާ ލިބުމާއެކު އެނަތީޖާ ގަބޫލުނުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންތިހާބުގައި ވޯޓް އޮޅުވާލުމާއި ލިސްޓްގައި ނަންނެތް މީހުން ވޯޓް ލާފައިވާ މީހުންގެ ތުހުމަތު ރައީސް ނަޝީދާއި ކެމްޕޭން ޓީމުން ކުރަންފެށިއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން ބުނި ގޮތުގައި އިންތިހާބުގެ ތެރޭގައި ވޯޓް އޮޅޭފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ. އަދި އިންތިހާބު ހުއްޓާލުމާއި އިންތިހާބު ސައްހަ ނުވާ ވަރުގެ އެެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށްވެސް އިންތިހާބާ ބެހޭ ކޮމިޓި އަދި އެމްޑީޕީ އިން ވަނީ ބުނެފައެވެ. އެހެން ކަމުން 28 ޖަނަވަރީގައި ބޭއްވުނު އިންތިހާބު އޮޅުވާލި ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ބެލެވެއެވެ.

އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ރައީސް ސާލިހް އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނަށް މަރުހަބާ ދެންނެވިއެވެ. އަދި އިންތިހާބުގެ ކާމިޔާބީ ފާޅު ކުރުމަށް ދަނޑިކޮށި ޖަގައަށް އެންމެން ޖަމާވިއެވެ.

ދަނޑިކޮށި ޖަގަހައިގައި ރައީސް ސާލިހް ކެމްޕޭން ޓީމާއި ސަޕޯޓަރުންނާ ސަލާމް ކުރައްވައި ދެއްކެވި ވާހަކައިގައި ވާދަވެރިކަން ނިމި އެކުގައި މަސައްކަތް ކުރަންވީ ވަގުުތު އައިސް ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހް އެވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. މިވަގުތަކީ ޒާތީ މަސްލަހަތު އެއްފަރާތްކޮށްލުމަށްފަހު ރިޠާސީ އިންތިހާބަށް ތައްޔާރުވެ އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތެވެ.

އިންތިހާބުގއ ޕްރައިމަރީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަލިވެއްޖެ ހާލަތެއްގައި ރައީސް ސާލިހްގެ ފަހަތުގައި މަސައްކަތް ނުކުރައްވައި ގޭގައި އޮންނަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދަކީ ގޭގައި އެކަނި އޮންނަވާނެ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދަކީ އަދިވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނަންހިނގާ ބޭފުޅެއް ކަމަށް ސިޔާސީ ބައެއް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެހެންކަމުން ރައީސް ނަޝީދު ކަންކުރައްވާ ގޮތުން އެމްޑީޕީގެ އެތެރޭގެ ހާލަތު ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި މެމްބަރުންދެކެއެވެ.

ރައީސް ސާލިހް އިންތިހާބުގެ ޕްރައިމަރީ ކެމްޕޭންގައި ވިދާޅުވެފައިވަނީ ވެރިކަމަށް އައުމަށް ކޯލިޝަނެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެމްޑީޕީ އިން މިހާތަނަށް އިންތިހާބުތައް ކާމިޔާބު ކޮށްފައިވަނީ އިއްތިހާދު ނުވަތަ ކޯލިޝަނަކާއެކުގައެވެ.

2008 ވަނަ އަހަރު ފުރަތަމަ ބޭއްވުނު ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބު އެމްޑީޕީ އިން ކާމިޔާބުކޮށްފައިވަނީ ވަތަން އެދޭގޮތަށް އެކުލަވާލި ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ.

ކުރީގެ ރައީސް ނަޝީދަށް 2008 ވަނަ އަހަރު ރައީސް ކަން ލިބުނީ އިއްތިހާދެއްގެ ތެރެއިންނެވެ. އެވެރިކަން 2012 ގައި ނިމިގެން ދިޔައިރު އިއްތިހާދު ވެރިކަމަށް 6 މަހުގައި ވަނީ ރޫލިގެން ގޮސްފައެވެ.

2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެމްޑީޕީ މަސައްކަތް ކުރަމުން ދިޔައީ ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސާލިހް ކާމިޔާބު ކުރެއްވީވެސް އިއްތިހާދެއްގެ ތެރެއިންނެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރުމަށް ރައީސް ސާލިހް މަސައްކަތް ކުރައްވާނީ އިއްތިހާދަކާއެކުގައި އެކަމް ކުރުމަށެވެ.

މިވަގުތު މިއޮތް ސަރުކާރުގައި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޯވްމަންޓް (އެމްއާރުއެމް) ވެސް ހިމެނެއެވެ. ފަހަރުގައި މިހާރު ތިބި ކޯލިޝަން ލީޑަރުން ރައީސް ސާލިހް އާއި ބައިއަތު ހިފުމަކީ ވެދާނެ ކަމެކެވެ.

ރައީސް ސާލިހް މި ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކޮށް ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވުމަކީ އެމްޑީޕީގެ ތެރޭގައި ރައީސް ސާލިހްގެ މަގްބޫލުކަން އިތުރުވެ ތާއީދު އޮތް މިންވަރު ދޭހަކޮށްދޭ އަލިގަދަ ހެއްކެތް ކަމުގައި ޕާޓީގެ މެމްބަރުން ގަބޫލު ކުރެއެވެ.

ރައީސް ސާލިހް ވަނީ ޕްރައިމަރީ އިންތިހާބު ނިމިގެން ބޭއްވި އުފާފާޅޫކުރުމުގެ ޖަލްސާގައި ރޭ އާޓިފިޝަލް ބީޗްގައި ވާދަވެރިންނަށް އެކުވެރިކަމާއެކުގައި އަައިސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ދައުވަތު ދެއްވާ ކަމަށާއި އެކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލާފައެވެ.

ރައީސް ސާލިހް ހިމެނިގެންދަނީ މިފަހުގެ ތާރީހެއްގައި އެތެރޭގެ އިންތިހާބެއްގައި ޕާޓީގެ ރައީސް އާ ވާދަކޮށް އިންތިހާބު ސުލްހަވެރިކަމާއެކު އަމާން އޮމާންކޮށް ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅަކަށް ވެފައެވެ. އެކަން އެހެން ދިމާވި ސަބަބަކީ ރައީސް ސާލިހްގެ ހިކްމަތްތެރިކަމާއި ދުރުވިސްނޭ ވިސްނުންފުޅެވެ.

ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގައި ކުޑަރަށެއް ބޮޑުރަށެއް އަދި ފަޅުރަށެއް ނުބަލައި ތަރައްގީ ކުރުމުގެ ނަތީޖާ އަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަދި އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރެއިން ގިނަ ބަޔަކަު އެކަމިކުފާނު ބަލައިގެންފައިވާ ކަމެވެ.

ރައީސް ސާލިހް ވަނީ ޕްރައިމަރިގައި ވޯޓްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށް ރިޔާސީ އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެެފައެވެ.

އެމްޑިޕީގެ ރިޔާސީ ޕްރައިމަރި ނިމި ރިޔާސީ ކެންޑިޑޭޓް ހާމަވެގެން ދިއުމާއެކު ސިޔާސީ ގޮތުން ރިޔާސީ ރޭހުގައި ބައިވެރިވާން އިއުލާން ކޮށްފައިވާ ފަރާތްތަކުން ވިސްނުންތަކެއް ވިސްނުމަކީ އެކަށީގެންވާ ކަމެކެވެ.

ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކަށް 51 އިންސައްތަ ނުވަތަ އެއް ވަރުގެ ގިނައިން ވޯޓް ހޯދުމަކީ ދަތި ކަމެކެވެ. ނަމަވެސް އިއްތހާދެއް ހެދިއްޖެ ނަމަ އިންތިހާބު ކާމިޔާބު ކުރަން ފަސޭހަވެގެންދާނެއެވެ.

މިވަގުތު އުފެދޭ ސުވާލަކީ ކޯލިޝަންއެއް ހަދަންޖެހިއްޖެ ހާލަތެއްގައި މިވަގުތު އޮތް ކޯލިޝަން ޕާޓްނަރުން ރައީސް ސާލިހް އާއެކުގައި ނުކުމެދާނެ ކަމާމެދު އުފެދޭ ސުވާލެވެ.

އެމްޑީޕީގެ އާއްމު މެމްބަރުން ބުނަމުންދަނީ ކޯލިޝަން ހަދަންޖެހިއްޖެ ނަމަ އެކަންވެސް ރައީސް ސާލިހް ކުރާނެ ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: