ޕާޓީގެ ކުރިމަގު ބިނާ ކުރުމާއިމެދު އެމްޑީޕީގެ ލީޑަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން އެކަކު އަނެކަކާއި މަޝްވަރާތައް ކުރަންޖެހިފައިވާކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅުވައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ދެމެދު އުފެދު އުފެދިފައިވާ މައްސަލައަށް އަލި އަޅުއްވައި ޝަރީފްވަނީ ޕާޓީގެ ކުރިމަގަށްޓަކައި ދެ ބޭފުޅުން އެކަކު އަނެކާއަށް ބަހުގެ ހަމަލާތައް ރައްދު ކުރުމުގެ ބަދަލުގައި މަޝްވަރާ ކުރެއްވުން މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދު ނަންގަވާފައިވާ މަގަކީ ޕާޓީގެ ތެރޭގައި ސިޔާސީ މައްސަލަތައް އުފެއްދެވުމުގެ މަގު ކަމަށެވެ. އަދި އެކަމުން ޕާޓީ ނިކަމެތިވެގެންދިއުމުގެ ފުރުސަތު އޮތް އިރު އިދިކޮޅު ޕީޕީއެމްއަށް ފައިދާތައް ވުމުގެ ފުރުސަތުތައްވެސް އޮތްކަމަށް ވިދާޅުވިއެވެ.
MDP leaders need to talk w/ each other instead of at each other to settle fundamental questions of the party’s future.The main beneficiary of @mohmednasheed chosen path of political squabbling n infighting wud not only be opposition PPM but also weaken the party
— Ibrahim Shareef (@AdduShareef) February 1, 2023
އެނާ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮތް ކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށް ކުރިމަގު ބިނާ ކުރުމުގެ މަގުޗާޓެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރެސީ ރައްކައުތެރި ކުރުމަށާއި ރާއްޖޭގެ އިގްތިސާދު ރައްކައުތެރި ކުރުމުގެ ގޮތުން ރައީސް ސާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުން އިންތިހާއަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

