ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2028 ގެ ނިޔަލަށް އަހަރަކު 3.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ: ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 3.5 މިލިއަނަށް އިތުރުވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ 2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެންދަނީ ހަމަ ހުރެފައި ނޫން ކަމަށާއި އެކަން އެހެން ދިމާވެފައިވަނީ ފަތުރުވެރިކަމުގެ ފާއިރގައި ކުރިއަށް ގެންދެވުނު އަދި ކުރިއަށްދާ މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ.

2022 ވަނަ އަހަރު ސަރުކާރުން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ނިންމާލިއިރު އެ އަމާޒަށް ވަނީ ވާސިލްވެފައެވެ.

މި އަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާއެވެ ނަމަވެސް އޭގެ 10 އަހަރު ފަހުން ރާއްޖޭގެ އިގްތިސާދު ދެގުނަކޮށް 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަނަށް ގެންދެވޭނެ ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. އަދި 2028 ވަނަ އަހަރު 45 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށްވެސް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުސްވި ޖަނަވަރީ މަހު ރާއްޖެއަށް 1،72535 ( އެއްލައްކަ ހަތްދިހަ ދެހާސް ފައްސަތޭކަ ތިރީސްފަހެއް ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި އަދަދަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 30.9 އިންސައްތަ އިތުރު އަދަދެެކެވެ. އަދި ކޮވިޑް19 ގެ ކުރިން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: