ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް އަމިއްލަކުރެވޭނެ ގޮތް ހަދައިފި

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ހުރި ސިނަމާލެ 4 ގެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށް އަމިއްލަ ކުރެވޭނެ ގޮތް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ވިލިމާލޭ ފްލެޓްތައް އަމިއްލަކުރެވޭނެ ގޮތް ހަމަޖެއްސީ އެކަމަށް އެދި ބައެއް ފަރާތްތަކުން ހުށަހެޅުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައްދަލުވުމެއްގައި އެކަން ފާސްކޮށްގެންނެވެ.

މި ނިންމުމާގުޅިގެން ފްލެޓް އަމިއްލަ ކުރެވެނީ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.

މާލެއާއި ވިލިމާލޭގައި ކުރިން ބިނާކޮށްފައިވާ ފްލެޓްތަކުގެތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ފްލެޓްތަކަށް ފައިސާ ދެއްކުމަކީ އެކި ދުވަސްވަރު އެކި މުއައްސަސާއިން ކުރަމުން އައިކަމަކަށްވެފައި ބައެއް ދުވަސްވަރު އިދާރީ މައްސަލަތަކާގުޅިގެން ފައިސާ ބަލައިގަތުން މަޑުޖައްސާލައި އެކަމުގެ ސަބަބުންނާއި އަދި ބައެއްފަރާތްތަކުން ފައިސާ ނުދެއްކުމުގެ ސަބަބުން ބޮޑަތި އަދަދުތަކުން ޖޫރިމަނާވެފައިވާ ތަންތަނެވެ. މި މައްސަލައާއި ގުޅިގެން ކައުންސިލްގެ މަޝްވަރާއާއެކު ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކުރުމަށް ސަރުކާރަށް ހުށަހަޅައި ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ ވަނީ މަޢާފްކޮށްދެއްވާފައެވެ.

ފްލެޓް ޖޫރިމަނާ މަޢާފްވެފައިވުމާއެކު އަމިއްލަކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ދައުވަތު ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސިޓީ ކައުންސިލުން ދިނީ ކުރިން އޮތް އެއްބަސްވުމަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށްފަހު އަލުން އެއްބަސްވުމެއްގައި ސޮއިކުރުމުން އަމިއްލަ ވާގޮތަށެވެ. އެއްބަސްވުމަށް ގެނެވުނު މައިގަނޑު ދެ ބަދަލަކީ ފްލެޓްގެ ޖުމްލަ އަގު ދެއްކުމުން ފްލެޓް މިލްކުކުރެވޭ ބަދަލާއި އަދި ޖޫރިމަނާ ފައިސާ މައާފްކުރުމުގެ ބަދަލެވެ. މިގޮތަށް ދައުވަތު ދިނުމުން ވިލިމާލޭގެ ފްލެޓްތަކުގެ ވެރިންގެ ތެރެއިން ގިނަ ޢަދެއްގެ ބަޔަކު މިހާތަނަށް ވަނީ ފްލެޓް މިލްކުކުރެވޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިހާތަނަށް ސޮއިނުކުރެވޭ ފަރާތްތަކުންވެސް ސިޓީ ކައުންސިލާ ވާހަކަދެއްކުމުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާގައި ވެރިފަރާތްތަކުން ހުށަހެޅި ބައެއް އިސްލާހްތަކުގެތެރެއިން ޤާނޫނީ ގޮތުން ހުރަހެއްނެތް އިސްލާހްތައް އެއްބަސްވުންތަކަށް ގެނެސްދީފައިވާނެއެވެ. އަދި ސިޓީ ކައުންސިލުން އެންގި ގަޑިތަކުގައި ސޮއިކުރަން ވަޑައިނުގެންނެވުނު ފަރާތްތަކަށް އިތުރު ފުރުޞަތުތައްވެސް ދީފައިވާނެއެވެ. އަދި މިހާރުވެސް ފުރުޞަތު ވަނީ ހުޅުވިފައެވެ. ފްލެޓްތަކުގެ އެއްބަސްވުންތައް ކުރިން ހަދާފައިވާގޮތުން މިލްކުރެވޭނެ ގޮތެއް ނެތުމާއެކު މިހާތަނަށް ފައިސާ ދައްކާ ޚަލާސްކުރި ފަރާތްތަކުންވެސް މިލްކުކުރެއްވުމަށް މި އެއްބަސްވުމުގައި ސޮއިކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގައި ބިނާކޮށްފައިވާ ފްލެޓްތަކުގެތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ސިނަމާލޭ އަދި މާލޭ ހިޔާ ފްލެޓްތައް މި އުސޫލުން މިލްކުކުރުމާއި ޖުރުމަނާ މަޢާފްކުރުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. މި ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ކުރިއަށް އޮތްތާންގައި ދައުވަތު ދެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: