ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީ ހޯދޭނެ ގޮތެއް ނެތް ޒުވާނުންނަށް ފުރުސަތުތަތައް ފަހިކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުން: މޭޔަރ

މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީ ހޯދޭނެ ގޮތެއް ނެތް ޒުވާނުންނަށް ފުރުސަތުތަތައް ފަހިކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުންވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން ”ފަންނުވެރިޔާ“ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ. ހޮނިހިރު ދުވަހުގެރޭ ބޭއްވި ޙަފްލާއެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒުއެވެ.

”ފަންނުވެރިޔާ“ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ފުރަތަމަ ބެޗްގައި މިހާތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕް އިފްތިތާޙް ކޮށްދެއްވަމުން މޭޔަރ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން ކަމަށާއި، އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތް ނެތިފައި ތިބި ޒުވާނުންނަށް ފުރުޞަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުންވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން. ވަޒީފާ އަދި އާމްދަނީ ލިބޭނެ ގޮތް މާލެ ސިޓީ ގައި ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން. ޒުވާނުންނަކީ މާލެ ސިޓީގެ ކުރިމަގުގައި އަދި އެންމެހާ ކަންތައްތަކުގައި ވަރަށް މުހީއްމު ދައުރެއް އަދާ ކުރާނެ ބަެއެއް. އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތެއް ނެތިފައި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުން

މޭޔަރ ވިދާޅުވިއެވެ.

ޒުވާނުންނަކީ މާލެ ސިޓީގެ ކުރިމަގުގައި އަދި އެންމެހާ ކަންތައްތަކުގައި ވަރަށް މުހީއްމު ދައުރެއް އަދާ ކުރާނެ ބައެއްކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ބޭނުންވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: