ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ވެރިކަން ނުލިބޭނެކަން ހުރިހާ ރައްޔިތުންނަށްވެސް މިހާރު އެނގޭނެ: އީވާ

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއިއެކު ކުރިއަށް ގޮސްގެން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ދެން ކާމިޔާބު ނުކުރެއްވޭނެކަން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް ސާފުވާނެކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

”ފިކުރެއްގެ ދިރުން“ އިން ކުރިއަށް ގެންދިޔަ ޕީޖީ ގުރޫޕު ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވާކަމަށް ފާހަގަކުރައްވާ އީވާ ވިދާޅުވީ، ރައީސް ސާލިހު އަށް ވެރިކަން ކާމިޔާބު ނުކުރެއްވޭނެކަން އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭހެން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ސާފުވާނެކަމަށެވެ.

އީވާ ވިދާޅުވީ، އެމަނިކުފާނަކީ ކޯލިޝަންގެ ކެނޑިޑޭޓެއްކަމަށް ރައީސް ސާލިހު ވިދާޅުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ކޯލިޝަން، ކޯލިޝަނަކަށް ވެގެންދަނީ ޖުމުހޫރީ ޕާޓީގެ ސަބަބުންކަމަށެވެ. އެހެންކަމުން އެ ޕާޓީއިން ވާދަކުރުމަށް ނިންމާފައިވުމުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ރައީސް ސާލިހުގެ އަމިއްލަ ބުރަދަނެއް ނެތްކަން އެންމެނަށްވެސް އެނގިވަޑައިގަންނަވާކަަމަށް އީވާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދު ދައްކަވާ މަގުން ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމަށް އެމްޑީޕީގެ އެންމެހާ މެމްބަރުންވެސް ނިންމަންވެފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިއަދާއި ހަމައަށް ލިބިފައިވާ ކާމިޔާބީއެއް ލިބިފައިވަނީ ރައީސް ނަޝީދު ދެއްކެވި މަގުން ޕާޓީ ކުރިއަށް ގެންގޮސްގެންކަންވެސް އެންމެހާ ފަރާތްތަކަށްވެސް އެނގޭނެކަމަށް އެނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބީ ހާސިލު ކުރުމައްޓަކައި ރައީސް ނަޝީދު ދައްކަވާ މަގުން ޕާޓީ ކުރިއަށް ގެންދިއުމުން ކަންކަން އޮންނާނީ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އެއް އޮންނަން ބޭނުންވާ ނަމަ ރައީސް ސާލިހާއިއެކު އެމްޑީޕީ ތިބުން އެއީ އެ ޕާޓީއަށް އޮތް ޗޮއިސްއެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މީގެ ކުރިންވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެހެން މީހެއްގެ އަތަށް ޓިކެޓު ދީގެންކަމަށް ޕާޓީއަށް ގަބޫލުކުރުމުން އެފަދައިން އަމަލުކޮށްފައިވާނެކަމަށެވެ. އެހެންކަމުން ކުރިންކަން ކުރި ގޮތަށް އަނެއްކާވެސް ކުރަންޖެހިދާނެކަމަށާއި އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއް އެކުލަވާލަން ބޭނުންނަމަ ދެންނެވި ކަންކަމާއިމެދު ޕާޓީގެ މެމްބަރުން ފުންކޮށް ވިސްނަންޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޭޕީގެ މެމްބަރުންނާއިއެކު މަސައްކަތްކުރަން ފަށަންޖެހޭކަމަށް ދަންނަވާކަމަށެވެ. އަދި ޖޮއިންޓު ޕީޖީ ގުރޫޕެއް އެކުލަވާލަންޖެހޭކަމަށާއި ބައިވެރިވާނެ ފަރާތްތައް ތިއްބަވާނެ ކަމާއިމެދު ސުވާލެއްވެސް ނެތްކަމަށް އީވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: