ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާ ނުލިބުމުން ސަފާގެ 181 މީހަކަށް އުމްރާއަށް ނުފުރުނު

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރަބިއްޔާގެ ވިސާ ހަމަނުޖެހޭތީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ދަށުން އުމްރާއަށް ދާ 181 މީހުންގެ ފުރުން ކެންސަލްކޮށްފިއެވެ.

ސަފާގެ ވައިބަރ ގްރޫޕްގައި ބުނެފައިވަނީ ސައުދީ އުމްރާ ދޫކުރާ ކުންފުނިން ވިސާ ދޫކޮށްފައިނުވާ ކަމަށެވެ. ވައިބަރ ގްރޫޕްގައި ސަފާގެ ފަރާތުން ބުނެފައިވަނީ މިއަދުގެ މިހާތަނަށް ވެސް ސައުދީން ވިސާ ދޫކޮށްފައިނުވާ ކަމަށާއި އެހެންކަމުން ސައުދީ އަރަބިއްޔާ އަށް ނުފުރޭނެ ކަން ހިތާމަޔާ އެކު ދަންނަވާ ކަމަށެވެ. އެހެންކަމުން ސަފާގެ ފަރާތުން އުމްރާ އަށް ދާން ތިބި އެއްވެސް ފަރާތަކުން އެއަރޕޯޓަށް ފުރަން ނުދިއުމަށްވެސް ވަނީ އަންގާފައެވެ.

ސަފާ ކުންފުނިން ބުނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ. ސަފާ ގްރޫޕްގެ ފަރާުތުން އުމްރާ އަށް ދާ މީހުންގެ ފޮށިތައް މިއަދު ހެނދުނު 10:00 އާއި 12:00 އާއި ދެމެދު ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: