ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާއަށް ދިއުން ފަސޭހަކޮށްދޭ ތަފާތު ޕެކޭޖްތަކާއި އެކު އުމްރާގެ ސަގާފަތަށް ބޮޑު ބަދަލެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާއަށް ދިއުން ފަސޭހަވާގޮތަށް އަހަރުތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާއަށް ދެވޭނެ އިންތިޒާމުތައް ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުނިން ފަހިކޮށްދީފި އެވެ.

މިކަން އިއުލާންކޮށްދެއްވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ތަފާތު 9 ޕެކޭޖަކާއި އެކު އެ ގްރޫޕުން ތައާރަފްކުރި ކުރި މި ޚިދުމަތުގެ އިތުރުން އެ ގްރޫޕުން ވަނީ ރަށްރަށުގައި ތިބި މީހުންނަށް ވެސް އުފާވެރި ޚަބަރެއް ދީފައެވެ. އެގޮތުން ރަށުގައި ތިބެގެން އެ ގްރޫޕް މެދުވެރިކޮށް އުމްރާ އަށް ދާން ރެޖިސްޓްރީ ވެވޭނެ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ޗެއަރމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ. ޑރ. ޝަހީމް ވަނީ އެ ގްރޫޕުން ތައާރަފްކޮށްފައިވާ ޕެކޭޖްތަކުގެ ތަފްސީލްތައް ވެސް ހިއްސާކޮށްދެއްވާފައެވެ.

އެގޮތުން އެ ގްރޫޕުން އުމްރާ އަށް ދާން ވީއައިޕީ ޕެކޭޖެއް ތައާރަފްކޮށްފައިވެއެވެ. އެ ޕެކޭޖް މެދުވެރިކޮށް އުމްރާ އަސް ދާ މީހުން ތިބޭނީ ހަރަމްފުޅާ ވަރަށް ގާތުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން އެތެރޭގެ ދަތުރުތަކަށް ވެސް ވީއައިޕީ ޚިދުމަތް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

ދެވަނައަށް ތައާރަފްކޮށްފައި ވަނީ ފެމިލީ ޕެކޭޖްއެވެ. އެ ޕެކޭޖަކީ މީހުން އެއްނުވެ ވަކިން އާއިލާއެއްގެ ގޮތުގައި އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް އޮތް ހާއްސަ ޕެކޭޖެކެވެ. އެ ދަތުރުގައި ދާ އާއިލައާ އެހެން ބަޔަކު ބައިވެރި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންނަށް ހާއްސަ ޔޫތު ޕެކޭޖެއް އުފައްދާފައުވާއިރު، އެ ޕެކޭޖުން ކުރާ ދަތުރުގައި އުމްރާގެ އަޅުކަމުގެ އިތުރުނއިތުރުން ޒުވާނުންނާ ގުޅޭ މަރުކަޒުތަކާއި އިސްލާމީ ތާރީޚީ ތަންތަނާއި ސްޕޯޓްސް ދާއިރާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން ކީރިތި ރަސޫލާގެ ޒުވާން ޙަޔާތްޕުޅު ކިޔައިދިނުން ފަދަ ތަރުބަވީ ކަންކަން ވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

ދަރިވަރުންނަށް ހާއްސަ ޕެކޭޖުގައި މިޕެކޭޖްގައި ޢުމްރާ ކުރާ ކިޔަވާކުދިންނަށް ޢުމްރާގެ އަޅުކަމުގެ އިތުރުން މައްކާއާއި މަދީނާއާއި ޠާއިފްގެ އިސްލާމީ ބިނާތަކާއި ތާރީޚީ ތަންތަނާއި ކަންކަން ކިޔައިދެވޭނީ ފިލާވަޅުތަކެއް ގޮތައް އެތަންތަން ތަނަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ދެޙަރަމްފުޅުގެ އިސް ޢިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ނުވަތަ މައްކާ މަދީނާގެ ޢިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ކިބައިން ފިލާވަޅު ލިބިގަނެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް ވަކި ހާއްސަ ޕެކޭޖުތަކެއް ކަނޑައަޅާފައިވާއިރު،
މި ޕެކޭޖްގައި ވަކި ރަށެއްގެ މީހުން އެމީހުންނަށް ފަސޭހަ ދުވަސްވަރެއްގައި ޢުމްރާއަށް ދާން ބޭނުން ނަމަ އެކަން ފަހިކޮށްދެވޭނެއެވެ. އެ ދަތުރުގައި ދާނީ ހަމަ އެރަށެއްގެ މީހުން އެކަނި ކަމަށް ވިދާޅުވިއެވެ. .

ވަކި ވަކި އޮފީސްތަކުގެ މީހުންނަށް ވެސް ވަކިން އުމްރާއަށް ދެވޭނެ ގޮތަށް ކޯޕަރޭޓް ޕެކޭޖެއް އުފައްދާފައިވާއިރު. މި ޕެކޭޖްގެ ދަށުން ޚާއްޞަ ރޭޓްތަކެއްގައި އޮފީސްތަކާއި ކުންފުނި ތަކުގެ މުވައްޒަފުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރަށް އެކި ކަހަލަ ލަކީ ޑްރޯތަކުގައި ބައިވެރިވާ ފަރާތްތަކުން ހޮވޭ ފަރާތްތަކަށް ވެސް ހާއްސަ ރޭޓްތަކެއް ކަނޑައަޅާފައިވެއެވެ. .

ސީޒަނަލް ޢުމްރާ ޕެކޭޖްގެ ދަށުން ބަރަކާތްތެރި ރަމަޟާންމަހާއި، އެ ނޫން މޫސުމްތަކުގައި ނުވަތަ އަހަރީ ޗުއްޓީތަކުގައި ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭއިރު، ހަނީމޫން ދުވަސްވަރަށް އުމްރާގެ ދަތުރެއް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާފައެވެ. އެ ދަތުރުގައި، މައްކާ މަދީގައި ދުވަސްތައް ހޭދަކޮށްލަން ބޭނުންވާނަމަ އެކަން ވެސް ފަހި ވާގޮތައް ޚާއްޞަ ކުރެވިފައިވާ ޓުއާއެކެވެ. ދަތުރުގެ އެންމެހާ ކަންކަމެއް ޚިދުމަތަށް އެދޭ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ކުންފުނީގެ ފަރާތުން މެނޭޖްކުރާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. .

މި ޚިދުމަތާއި އެކު ރަށުގައި ހުރެގެން ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭއިރު، މިހާރު އެ ގްރޫޕުން ވިސާ ވެސް ޖަހައިދޭނެ ކަމަށް ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: