ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުއެމްގެ ތެރޭގައި ގާސިމާއި ރައީސް ސޯލިހާއި މެދު ވެސް ހިޔާލުތަފާތުވުން

ލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓުތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެކު އެ ޕާޓީން ކުރަމުންދާ މަޝްވަރާތަކަށް ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް އެމްއާރުއެމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިން ދައުވަތާއި މެދު އަދިވެސް އެ ޕާޓީން ގޮތެއް ނުނިންމަ އެވެ. ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ވެސް އޮތީ ގާސިމަށެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ ގާސިމަށް ވެރިކަން ހޯދައިދިނުމުގެ މަސައްކަތް ފަށައި، ފިކުރެއްގެ ދިރުންގެ ނަމުގައި ފެކްޝަނެއް ވެސް އުފައްދަވާފަ އެވެ.

ޕޮލިޓިކަލް އެޕޮއިންޓީސް އެމްއާރުއެމްގެ ނަމުގައި ހިންގާ އެ ޕާޓީގެ ސްލޮޓުތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި  ބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

މެސެޖުތަކުން އެނގޭ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހިޔާލުތައް ވަރަށް ބޮޑަށް ތަފާތެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް ސޯލިހު ވާދަކުރައްވާއިރު، ގާސިމް ވެސް ވަކިން ނިކުމެ ވާދަ ކުރައްވާތީ އެކަމާއި މެދު ވިސްނުން ހުރި ގޮތް ބައެއް މެމްބަރުން ހިއްސާ ކުރި އެވެ.

އެންމެ ބޮޑު ހިތްހަމަނުޖެހުން އެ މެމްބަރުންގެ ހުރީ ރައީސް ސޯލިހަށާއި، ކޯލިޝަނެއް ހެދުމުގެ ދައުވަތު ފޮނުވާފައިވާ ޖޭޕީއަށާއި ޕާޓީގެ ލީޑަރު ގާސިމަށެވެ. އަދި އެމްއާރުއެމްއިން ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ޖޭޕީއާއި އެކު ކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހަށް ފާޑުވިދާޅުވެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަށް، އެ ޕާޓީގެ އެހެން ބޭފުޅުން ރައްދު ދިނެވެ. ބައެއް ބޭފުޅުންގެ ވާހަކައިގައި ވިދާޅުވެފައި ވަނީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ކުރިމަތިލައްވާތީ އެއަށް ތާއީދު ކުރުން ނުވަތަ އެހެން ވިސްނުމެއް ހުރީތީ ޖޭޕީއާއި އެކު ދާން ނިންމުމުގެ ބަދަލުގައި ޕާޓީއަށް ފައިދާ ހުރި ގޮތަކަށް ވެސް ވިސްނުމަށެވެ.

އާއްމުވެފައިވާ ސްކްރީންޝޮޓުތަކުގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރެއިން، އެންވައިރޮމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޝަހީދާ ވިދާޅުވެފައި ވަނީ ސިޔާސ މަގާމެއް ނުވަތަ އެ ވަޒީފާ ލިބިފައި ވަނީ އެއްވެސް ހާލަތެއްގައި ރައީސް ސޯލިހުގެ ހެޔޮފުޅުކަމުން ނޫން ކަމަށެވެ. މިއީ ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖާކަމަށާއި އެ މީހުންގެ ނަން ސިޔާސީ މަގާމުތަކަށް އައްޔަނު ކުރުމަށް އެދި ފޮނުވީ ޕާޓީގެ ޒައީމް ރައީސް މައުމޫނާއި ޕާޓީގެ ލީޑާޝިޕުންކަމަށް އެނާ ވިދާޅުވި އެވެ.

ޝަހީދާ ވިދާޅުވީ ކިތަންމެ އިހުލާސްތެރިކަމާއި އެކު ބުރަ މަސައްކަތެއްތަކެއް ކުރި ނަމަވެސް، މާދަމާ ވެސް އެމްޑީޕީން އެބޭފުޅުން ސިފަ ކުރާނީ ބޯވައެއްގެ ގޮތުގައިކަމަށެވެ.

“ވަޒީފާ މިއީ ރައީސް އިބޫ ހެޔޮފުޅުކަމުން ދެއްވާފައި ހުރި މަގާމެއް ނޫން.. އަޅުގަނޑުމެންނަށް ވަޒީފާ ދެއްވުމަށް ނަން ފޮނުވީ ރައީސް މައުމޫނާއި އެމްއާރުއެމްގެ ލީޑާޝިޕުން.. އަޅުގަނޑުމެންނަށް މަގާމުތައް ލިބުނީ ކުރި ބުރަ މަސައްކަތުން.. އެކަމަށް އެކަނި ވިސްނާލެއްވިޔަސް، މިއަދު އެހެން ހުރިހަކަމަކަށް ވުރެ އަމިއްލަ ޕާޓީގެ ކުރިއެރުމަށް މަސައްކަތް ކުރެވޭތޯ ބެލުން މާ ބުއްދިވެރި.. މާދަމާ އެމްޑީޕީއަށް ތިބޭފުޅުން ވާނީ ހަމަ ބޯވަޔަށް..”

އެއަށް ފަހު ސިޔާސީ މަގާމެއްގައި ހުންނެވި ނިޝާނާ ހަސަން ވެސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ތެރޭގައި މި ހޭދަވީ މުއްދަތުގައި ދިމާވީ ހުރިހާ ކަމަކީ އެންމެ ރަނގަޅަށް ހިނގި ކަންތަކެއް ނޫން ކަމަށެވެ. އެހެންވެ އޭނާ ވެސް ގޮވާލާފައި ވަނީ މަޝްވަރާކޮށް ޕާޓީއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ނިޝާމާ ވިދާޅުވެފައި ވަނީ އެމްއާރުއެމްއިން ރައީސް ސޯލިހާއި ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ބޭނުންވީ ވަގުތު އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނުދިނުމެވެ.

ޕާޓީގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހް ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އެތުރެމުން ދަނީ ޕާޓީގެ ރައީސް ފާރިސް ބޭނުންފުޅު ވާގޮތަށް ކަމަށެވެ. އަދި ފާރިސްއަކީ ދުރުވިސްނޭ ލީޑަރެއްކަން ފާހަގަކުރައްވައި ޒަބީހު ވިދާޅުވެފައި ވަނީ ކަންކަން އެންމެ ފަހު ވަގުތު ނިމިގެން ދާނީ އެބޭފުޅުން ބޭނުންވާ ގޮތަށް ކަމަށެވެ.

ފާރިސްއަކީ ވަރުގަދަ ސިޔާސީ ލީޑަރެއްކަން ފާހަގަކޮށް ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ، ފާރިސް ގެންދަވަނީ ރާއްޖޭގެ ސިޠާސީ މަސްރަހު އެނަލައިޒް ކުރައްވަމުން ކަމަށެވެ. އަދި އެކަމުގެ މައްޗަށް ބިނާކޮށް މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދަވަނީ، ވަރަށް ވިސްނުމާއި އެކުކަމަށް ވަނީ ވިދާޅުވެފަ އެވެ.

ގިނަ ބޭފުޅުން ގޮވާލާފައި ވަނީ މިވަގުތު މުހިންމީ އެމްއާރުއެމްގެ މުސްތަގުބަލު ކަމަށެވެ. ފަސް އަހަރުވެގެން ދިޔައިރު، ޕާޓީއަށް ކުރިޔަށް ނިކުތުމަށް ނުކުރެނު ސަބަބާއި މެދު ބައެއް ބޭފުޅުން ސުވާލު އުފެއްދި އެވެ.

ރައީސްގެ ދިފާއުގައި ނިކުންނަވައި، މޯލްޑިވްސް ޓޫރިޒަމް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ސިޔާސީ މަގާމުތަކަކީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ދިފާއުކޮށް އެމަނިކުފާނަށް އެހީވުމަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އައްޔަނު ކުރާ މަގާމެއް ކަމަށެވެ. އެއީ ކުރާ އިއުލާނަކަށް ނަގާ މަގާމުތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްގެ ސިޔާސަތުތަކާއި މެދު ސުވާލު އުފެއްދި ގިނަ ބޭފުޅުން ޖޭޕީ ސިފަ ކުރީ ޕީޕިއެމްގެ ބާރެއް ނެތިގެން ބައިވެގެން އައި ފެކްޝަނެއް ގޮތުގަ އެވެ.  ޖޭޕީއާއި އެއްކޮށް ކުރިޔަށް ދާން ބޭނުން ނުވާ ބޭފުޅުން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސް ނަޝީދު މިވަގުތު ހުންނެވީ ސިޔާސީ ގޮތުން އެންމެ ދަށް ހާލަތުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެހެން ހަރުފަތަކަށް ގެންދިއުމަށް، ޖޭޕީއަށް ތާއީދު ކުރުން ބަލައިނުގަނެވޭނެކަމަށް ވިދާޅުވި އެވެ.

ބައެއް ބޭފުޅުން ވިދާޅުވީ ރައީސް ނަޝީދު ގާސިމާއި ދެކޮޅު ވާން ވެސް ފަސް ނުޖެހޭނެކަމަށެވެ. އެމަނިކުފާނު ބޭނުން ވަނީ އެމްޑީޕީކަމަށްވުމާއި އެކު އެކަމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: