ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފުށި މަގުތަކުގައި ތާރު އެޅުން 90 މިލިއަނަށް އާރުޑީސީއަށް

އާރުޑީސީއާއި މަޝްރޫއު ހަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަލިފުށި މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރުޑީސީއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 90 މިލިއަން ރުފިޔާއަށެވެ.

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ސޮއި ކުރެއްވިއިރު، އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

އެއްބަސްވުމުގައި ވާގޮތުން އާރުޑީސީން ކުރަން ޖެހޭ މަސައްކަތަކީ ރަށުގެ 3.8 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް އަދި މަގު ބައްތި ޖެހުމުގެ މަސައްކަތެވެ.

މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: