ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން މުދާތައް ކްލިއާ ކުރުމަށް ތިން ދުވަސް؛ މިހާރު 16 ގަޑިއިރު!

އެމްޕީއެލްއިން ކުރަމުންދާ މަސައްކަތްތައް މީޑިއާތަކަށް ދައްކާލަނީ/ ފޮޓީޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ރޯދަ މަހު މުދާތައް ކްލިއާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 16 ގަޑިއިރުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލެވޭކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް އެންމެ ބާރު ބޮޑުވާ އެއް ސަރަހައްދަކީ މާލޭގެ ވިޔަފާރިވެރިންގެ ބަނދަރަކީ އެންމެ ކާރުބާރުބޮޑު އަދި އެންމެ މަސައްކަތް ވެސް ބުރަ އެއްތަނެވެ. އަދި ވިޔަފާރިވެރިންގެ ފަރާތުން އަންނަ ޝަކުވާއަކީ އަވަހަށް ހަލާކުވާ މުދާތައް ނުވަތަ ޕެރިޝަބަލް ގުޑްސް ކްލިއާރ ކުރުމުގައި ލަސްތަކެއް ދިމާވުމެވެ.

ޕެރިޝަބަލް ގުޑްސް ކްލިއާ ކުރުމަށް މީގެ ކުރިން ދެ ދުވަސް ނުވަތަ ބައެއް ހާލަތްތަކުގައި ތިން ދުވަސް ނެގި ނަމަވެސް މިހާރު އެ މަސައްކަތް 16 ގަޑިއިރަށް ދަށް ކުރެވިފައިވާކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ތަނުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ކާގޯ ހެޑް، ތޮލްހަތު މުހައްމަދު ވިދާޅުވީ ހިދުމަތް އަވަސް ކުރުމުގެ ގޮތުން މި ރޯދަ މަހަށް ހާއްސަކޮށް ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި މުދާ އުފުލުގައި ބޭނުން ކުރާ ވެހިކަލްތަކުގެ އޮޕަރޭޝަންތައް ގިނަ ކުރުން ހިމެނެ އެވެ.

މުދާ އަވަހަށް ބޭލުވުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ތޮލްހަތު ވިދާޅުވީ، އެމްޕީއެލްއިން މި އަހަރުގެ ރޯދަ މަހު މުދާތައް ބެހެއްޓުމަށް ވަގުތީ ތަނެއް ގާއިމު ކުރިކަމަށެވެ. އެތަނަކީ އެއީ ޕެރިޝަބަލް މުދާތައް ގުދަން ކުރާތަނުގައި ވަގުތީ ގޮތުން ހެދި ތަނެކެވެ.

މުދާތައް ހުންނަތަނުގައި މައިގަނޑު ގޮތެއްގައި ހުރީ ދޮންކޭލާއި، ކަރާ، ކުކުޅު ބިސް އަދި އަލަނާސި ފަދަ ތަކެތި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: