ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލައިގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ފެކްޓަށް ވާހަކަ ދައްކަންޖެހޭ: ޝަހީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ތެދުވެ ފެކްޓަށް ވާހަކަ ދައްކަންޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ޗާގޮސްގެ މައްސަލައިގެ ބަހުސްގައި ޝަހީމް ވިދާޅުވީ ވެގެންއުޅޭ ގޮތެއް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.

އިދިކޮޅު މެމްބަރުން ސާފުކޮށްދެއްވާ މި މައްސަލައިގެ ހުރި ހައްސާސްކަން. މި މަޖިލީހަކީ ދެފަރާތަށް ވެސް ވާހަކަ ދެއްކޭ މަޖިލީހެއް.

ރާއްޖޭގެ ކަނޑުގެ ސަރަަހައްދު ވިއްކުމާ ދިވެހިން ދެކޮޅު ހަދަމުންދާއިރު، ފޯޅަވަހި ހިމެނޭހެން ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޮސް އައިލެންޑްސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ ހައްސާސް މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރި މައްސަލަ، ވާދަވެރި އޮޕޮޒިޝަންގެ ފަރާތުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅުން އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް މަޖިލިސް މެދުވެރިކޮށް 2022 ވަނަ އަހަރު ގެނެސްފައިވަނިކޮށް މި އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެ މައްސަލައަށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ހިނދު، ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޤްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގެ ތިންވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއްގެނެވޭނީ މަޖިލިސް މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުމާއެކު، އަދި ގާނޫނު އަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި ކަނޑުއަޑީގެ ބިމުގައި ހިމެނޭ ދިރުންހުރި އަދި ދިރުން ނެތް ތަބީއީ އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ދިވެހި ދައުލަތަކަށް ކަމަށް ބަޔާންކޮށްފައިވާހިނދު، ޗާގޮސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ހާރިޖީ، އިގްތިސާދީ، އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ތަކާއި ނުހަނު ގުޅުންހުރި މައްސަލައެއް ކަމަށް އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ވެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: