ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ހަލާކުގެ މަގަށް ދުއްވާލި ބަޔަކީ އޭސީސީގެ މެންބަރުން: މެންބަރު ޝަހީމް

ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަންކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހިނގާ، މި ރާއްޖެ ހަލާކުގެ މަގަށް “ސީދާ ދުއްވާލި” ބަޔަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖޭން ކޮރަޕްޝަނުގެ ކަންކަން އިސްލާހު ނުކުރެވިގެން އުޅެނީ އޭސީސީގެ މެންބަރުންގެ ޒިންމާ އެބޭފުޅުން އަދާނުކުރައްވާތީ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭން ކޮރަޕްޝަނުގެ ކަންކަން އިސްލާހުނުވެ، މުޅި ގައުމު ފަސާދައިގެ މަގަށް ދީލާލައިގެންދިޔައީ އޭސީސީ މެންބަރުންގެ އިހުމާލުންކަން ސާފުކޮށް ބުނެވެން އޮތް ކަމަށެވެ.

ރާއްޖެއަށް ހެވާލާބައަށް އެދިގެން މަސައްކަތްކުރާ ކޮންމެ މީހެއްގެ ދުވަސް ދުއްވާލުމަކީ އޭސީސީގެ މެންބަރުން ވަރަށް ގަޔާވެގެންކުރާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދައުލަތުގެ ބައިތުލް މާލުން ބިލިއަނުން ވައްކަންކޮށް، އެވާހަކަ ދައްކާތާ އެތައް ދުވަހެއްވެ، އިންސާފުގެ މަތިން ރައްޔިތުން ފޫހިވާއިރުވެސް އޭސީސީއަށް ކުރެވުނު ހަމައެއްވެސް ކަމެއް ނެތް ކަމަށެވެ.

“މި ރާއްޖެ ހަލާކުގެ މަގަށް ސީދާ ދުއްވާލި ބަޔަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން، ކޮރަޕްޝަނުގެ ކަންކަން އިސްލާހު ނުކުރެވިގެން އުޅެނީ އޭސީސީގެ މެންބަރުންގެ ޒިންމާ އެބޭފުޅުން އަދާނުކުރައްވާތީ” ޝަހީމް

މީގެ އިތުރުން ޝަހީމް ވިދާޅުވީ ރާއްޖޭން ކޮރަޕްޝަން ނައްތާލާ، އިސްލާހުގެ މަގަށް އެބުރުމަށް މިހާރުން މިހާރަށް އެސީސީގެ މެންބަރުން ބަދަލު ކުރަންޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ކުރީ ސަރުކާރުގެ ފަސް އަހަރު ދުވަހު ވައްކަމާ ކޮރަޕްޝަން އޮތީ އިންތިހާ ދަރަޖައަކަށް މައްޗަށް ގޮސްފައި ކަމަށެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.

އޭސީސީން ތަހުގީގު ކުރަނީ ކުދި ކުދި މައްސަލަތައް ކަމަށާއި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި އެނޫންވެސް ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނިމިދިޔަ ސަރުކާރިގަ އެތައް ރިސްވަތަކާއި ފުލެޓެއް ފޭރިގަނެފަވާ ބައެއް އެއީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: