ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ވިއްކާލުމުން ވެސް ޚާއިނުން ބުނާނީ މަސައްކަތް ލުއިވީކަމަށް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސް ދެމެދު އިންވަކިކޮށް، ނިންމި ގޮތުގެ ސަބަބުން ދިފާއީ ބާރުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ލުއިތައް ލިބިފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވާތީ އެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ފާޑުވިދާޅުވެއްޖެ އެވެ.

މޮރިޝަސް އަދި ރާއްޖޭގެ އިމުގެ މައްސަލަ ރާއްޖެއާއި އެއްކޮޅަށް ނިމިފައިވާކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަނޑުގެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލިފައިނުވާކަމަށާއި، މައްސަލަ ނިމިގެން ދިޔައީ ރާއްޖެ ބޭނުންވި ގޮތަށްކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުން ދާތީ އެކަމަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

އިޓްލޮސްއަށް ހުށަހަޅާފައިވާ މި މައްސަލަ ނިމުނީ ރާއްޖޭގެ އީޒެޑްގެ ބޮޑުބައެއް ގެއްލޭގޮތަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖެއަށް މިއަށް ވުރެ ފައިދާ ހުރި ގޮތަކަށް ވަކާލާތު ކުރެވެން އޮއްވައި ސަރުކާރުން އެހެން މަގެއް އިހުތުޔާރު ކުރި ސަބަބާއި ގުޅޭގޮތުން ގާނޫނީ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ އީއީޒެޑުން ބައެއް ގެއްލުމުން އެކަމާއި މެދު ކަންބޮޑު ނުވެ ގާނޫނީ ޒިންމާ ވެސް އަދާނުކޮށް އެމްއެންޑީއެފް ސިޔާސީ ކުރުމަށްވުރެ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުމަށް ފަހު އެ މަސައްކަތް ކުރުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މަސްކަނޑާއި، އައްޑޫ ވެސް އެހެން ގައުމުތަކަށް ވިއްކާލާ ހާލަތެއްގައި އެމްއެންޑީއެފްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ލުއި ލިބޭނެކަމަށް ގައުމަށް ޣައްދާރުވާ މީހުން ބުނާ ހާލަތެއްގައި ހައިރާން ނުވާކަމަށެވެ.

އިޓްލޮސްގެ ނިންމުމަށް ފަހު، އޭގެ ޖެހިގެން އައި ދުވަހު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވެފައި ވަނީ ރާއްޖޭގެ ދެކުނު އިމުގައި ފުށު އަރާ ސަރަހައްދެއް އޮތްނަމަ ދެކުނުގައި ހިދުމަތް ދިނުމުގައި ދަތިތައް ދިމާވާކަމަށެވެ.

މިހާރުގެ ނިންމުމާއި އެކު ގައުމީ ދިފާއީ ބާރަށް މަސައްކަތްކޮށް ބަލަހައްޓަން ޖެހޭ ބައި ސާފުވެފައިވާއިރު، އެބައި ކުޑަވެސް ވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އިންވަކި ކުރުމަކީ އެއީ ދައުލަތަށް ލިބިގެން ދިޔަ ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށް ވެސް ޝަމާލް ވާހަކަ ދައްކަވާފައި ވެއެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މައްސަލަ ހުށަހަޅައި މޮރިޝަސް ބުނީ، ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބެލެންހެމް ރީފްއިން ފެށިގެން ކަމަށެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި ރާއްޖެއިން ބުނީ ބައިނަލްއަޣުވާމީ ހަމަތަކުފެ ދަށުން ތިލަ ދިޔަވަރުގައި ފެންނަން އޮތް ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. ރާއްޖޭގެ އެ ނުކުތާއަށް ހުކުމުގައި ތާއީދުކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: