ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސްއަށް ފޮނުވި ސިޓީގައި ވަނީ ކޮން ވާހަކައެއްކަން ރައީސަކަށް ވެސް ނޭނގޭ: މުނައްވަރު

ޑރ.މުހައްމަދު މުނައްވަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ބޭއްވި ޕްރެސްގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނެ އާއްމުވެފައިވާ ލިޔެކިއުމުގައި ވަނީ ކޮން ވާހަކަތަކެއްކަން ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ފަހުމުވާހެން ހީނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަދި ޕީޕީއެމާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމް ހިމެނޭހެން ޗާގޮސް މައްސަލައިގައި މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

މިއަދުގެ ޕްރެސްކޮންފަރެންސްގައި ވެސް މުނައްވަރު އެންމެ ބޮޑު ސުވާލެއް އުފެއްދީ، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީއެއް ފޮނުވަން ޖެހުނު ސަބަބާއި ގުޅޭގޮތުންނެވެ. ކުއްލި ގޮތަކަށް، އެފަދަ މޭރުމަކުން އެންގުމެއް ފޮނުވާނީ އޭގެ ފަހަތުގައި ސިއްރުތަކެއް އެކުލެވޭތީކަމަށް މުނައްވަރު ތުހުމަތު ކުރެއްވި އެވެ.

ނުސީދާ ގޮތެއްގައި، އެކަމުގައި އަވައްޓެރި އިންޑިއާގެ ނުފޫޒެއް ނުވަތަ ކޮންމެވެސް އެއް ސިފައެއްގައި ބައިވެރިވުމެއް ވާނެކަމަށް ތުހުމަތު ކުރައްވައި މުނައްވަރު ވިދާޅުވީ ފަހަރުގައި އެއީ އެގޮތުގެ މަތީން ދިޔަ ސިޓީއަކަށްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ވެރިއަކަށް ހުންނަ މީހަކަށް ނުވަތަ ބޮޑުވަޒީރަކަށް ސިޓީއެއް ފޮނުވަން ޖެހޭނީ.. ކިހިނެއް ވީމަ؟ ކޮންކަމެއް ދިމާވީމަ؟ މިހާރު މިއުޅެނީ މޮރިޝަސްގެ ފަރާތން ދިވެހި ދައުލަތުގެ މައްޗަށް ދައުވާއެއްކޮށްގެން… އެވަގުތުގައި ދިވެހި ދައުލަތުގެ ވެރިއަކަށް ހުންނަ މީހަކު، މޮރިޝަސްގެ ވެރިއަކަށް ހުންނަ މީހަކަށް ފޮނުވަން ޖެހޭނީ ކޮން ސިޓީއެއް ތޯ؟ ކޮން ސިޓީއެއް ތޯ ފޮނުވަން ޖެހޭނީ؟ ފޮނުވި ސިޓީގެ ނަތީޖާއަކީ އެފަރާތުން ހުށަހެޅި ދައުވާ ދިވެހި ދައުލަތުން ގަބޫލު ކުރުން… އެއީ ނަތީޖާއަކީ..

މުނައްވަރު ވަނީ، ސިޓީގައި ބަޔާންކޮށްފައިވާ ވާހަކައެއް ރައީސުލްޖުމްހޫރިއްޔާއަށް ފަހުމު ވޭތޯ ވެސް ސުވާލު ކުރައްވާފަ އެވެ. ނުވަތަ ބަޔަކު ގެންނަ ލިއުމެއްގައި ސޮއި ކުރެއްވިއިރު އޭގައި ވަނީ ކޮން ވާހަކަކެއްކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވި އެވެ.

އަދި އޭގައި އޮތީ ކޯޗެއްކަން ނުބަލާ.. އެވަރު ބުނަން އެނގޭ… އެއީ ސިޓީ ފޮނުވަން ޖެހޭ ދުނިޔެމަތީގެ އެއްވެސް ސަބަބެއް ނެތޭ.. ފޮނުވަން ޖެހުނީ ކީއްވެގެން ތޯ؟ މޮރިޝަސްއިން މި ހުށަހަޅަނީ، ޗާގޮސް ވަށައިގެން ތިމަންނާމެން އިކޮނޮމިކް ޒޯނެއް ޑިކްލެއާ ކުރަނީ އޭ.. ކަލޭމެން ޑިކްލެއާކޮށްފައި އޮތްބަޔާއި އެބަ ފުށުއަރައޭ.. ހިނގާށޭ ދެބަޔަކަށް ބަހާލަން.. ހުށަހެޅީމާ ދިވެހި ސަރުކާރުން އެއޮތީ ބުނެފާ އާނ ތިމަންނަމެން ގަބޫލޭ.. އެގޮތަށް..

މުނައްވަރު ވިދާޅުވީ، ގުޅުން ނެތްކަމެއްގައި ސިޓީ ފޮނުވަން ޖެހޭ ހާލަތަށް ދާނަމަ އެކި ގައުމުތަކުގައި ކުރިޔަށް ދާ ހަނގުރާމަތަކާއި ގުޅޭގޮތުން ވެސް ސިޓީ ފޮނުވަން ވީކަމަށެވެ. އެކަމަކު އެއީ ކަން ހިނގަން ޖެހޭ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

“މި މީހުން އުޅެނީ ކޮންމެވެސްތާކު ކޮންމެވެސް އެއްޗެއް ތާށިވެގެންކަމަށް ރަށުގެރެރޭގައި އަޑުފެތުރެނީ..”

ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ފެންމެތިވެ ބައިނަލްއަޣްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސަރުކާރުގެ އިސްވެރިންނާއި ސުވާލު ކުރެވުނެވެ.

އެކަމަކު ޖަވާބުގައި ސަރުކާރުން ބުނަމުން ދިޔައީ ދެ ގައުމެއްގެ އިސްވެރިންގެ ދެމެދު ބަދަލު ކުރެވޭ ސިޓީއާއި ލިޔެކިއުންތައް ހާމަ ނުކުރެވޭނެ ކަމަށެވެ. އަދި ސިޓީތައް އާއްމު ކުރުމަކީ އަމަލު ކުރެވޭނެ ގޮތެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: