ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުނާފު ނިމެން ދެން ފުއްގިރި މައްސަލައިގެ އަޑުއެހުން މަޑުޖައްސާލަން ސުޕްރީމް ކޯޓުގެ އަމުރެއް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތަކުގެ ތެރެއިން ރ. ފުއްގިރި ޝަރީއަތް ދަށު ކޯޓުގައި މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އެހެންވެ، އެ ދެ މީހުންގެ ހެކި ބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ފުއްގިރި މައްސަލައިގައި ދައުވާތައް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުމާއި ހެކި ރައްކާތެރި ކުރުމުގެ އަމުރު ބާތިލުކޮށްދޭން އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުންތައް ދެމެހެއްޓުމަށެވެ. ރައީސް ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އެ ނިންމުން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

މިއަދު ފެށި އިސްތިއުނާފު އަޑުއެހުންތަކާއި އެކު، ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުމުން، ދައުލަތުގެ ވަކީލުން ކޯޓުގައި ދެއްކެވި ވާހަކަތައް ހައިކޯޓުގެ މަރުހަލާގެ ސްޓޭންޑާއި ތަފާތެވެ. ހައިކޯޓުގައި ދައުލަތުން ބުނެފައި ވަނީ ކޯޓުން އަމުރު ނުނެރުނު ނަމަވެސް، އާއްމުކޮށް އަމަލު ކުރާ އުސޫލުގެ ދަށުން ވެސް އިސްތިއުނާފީ ހުށަހެޅުމަކާއި ހިސާބުން އަޑުއެހުންތައް ފަސް ކުރާކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ގޮތަށް ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރުމުގައި މައްސަލައެއް ނެތްކަމަށް ބުންޏެވެ.

އެކަމަކު މިއަދުގެ ޝަރީއަތުގައި ދައުލަތުން ބުނީ، އެފަދަ އަމުރެއް ނުނެރުނު ނަމަވެސް ރައީސް ޔާމީންގެ ހައްގެއް ގެއްލިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ފުރުސަތަކަށް އެދިވަޑައިގެން ރައްދުގައި ރައީސް ޔާމީން ވިދާޅުވީ އަޑުއެހުންތައް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދިއުމަށް ދައުލަތުން ބޭނުންވާ ސަބަބު ސާފުނުވާކަމަށެވެ. އަދި ހައިކޯޓާއި ސުޕްރީމް ކޯޓުގައި ދައުލަތުގެ ވާހަކަތައް ތަފާތުވާން ވީ ކީއްވެގެން ތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ވަނީ، އެމަނިކުފާނަށް ވަކީލުންނާއި ބައްދަލު ކުރުމަށް ވެސް ވަގުތު ނުދޭކަން ފާހަގަކުރައްވާފަ އެވެ. އަދި ކައިރިކައިރީގައި ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައިވުމާއި އެކު ސުޕްރީމް ކޯޓުގެ އިސްތިއުނާފާއި މެދު ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލުން މުހިންމުކަމަށް ވިދާޅުވި އެވެ.

ދެ ފަރާތުގެ ވެސް ވާހަކައަށް ފަހު މައްސަލަ ބައްލަވާ ބެންޗުން ނިންމެވީ، ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރުމަށެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ފަސް ކުރުމަށް އެ އަމުރުގައި ވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 38%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: