ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނިފެންމާ ލޯންޗުގެ މައްސަލަ ކުރިޔަށް ގެންދިއުމުގެ ވިސްނުމެއް ދައުލަތުގެ ނެތް

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީން މާލެވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއްގޮވާލި ހާދިސާގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނިފެންމާ ލޯނުޗުކޮޅު ގޮއްވާލި މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ޕީޖީން މިހެން ބުނެފައި ވަނީ، މިއަދު އެ ކޯޓުގައި ކުރިޔަށް ގެންދިޔަ ފުއްގިރި މައްސަލައިގެ ހުށަހެޅުންތަކުގެ އިސްތިއުނާފު އަޑުއެހުމުގަ އެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ މައުޟޫއު ނަންގަވައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ހިޔާނާތުގެ ތަހުގީގުގަށް ރައީސް ޔާމީނާއި ސުވާލު ކުރެވުމާއި ހަމައިން ފެށިގެން، ގއ. ވޮޑަމުލާގެ މައްސަލައިގެ ހުކުމް އިއްވުމާއި ދެމެދު އިތުރު އެހެން މައްސަލަތަކެއް ނިމިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކޮށް، ހުކުމެއް ތަންފީޒު ކުރަމުން ދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެކު ދައުލަތުން އެކުލަވާލި އިއުތިރާފުގެ އެއްބަސްވުން ޝިޔާޒް ފާހަގަކުރެއްވި އެވެ.

ޝިޔާޒް ވިދާޅުވީ އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާ ކުރި މައްސަލަތަކުގައި 2014 ޖުލައި މަހުން ފެށިގެން 2015 އޮކްޓޯބަރުގެ ނިޔަލަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުށްޔަށް ދިނުމުގެ ހާދިސާއަކީ އެއީ އެއް ހާދިސާއެއްގެ ގޮތުގައި ބަލައި އަދަބު ލުއިކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތަކާއި އެކު އިއުތިރާފުގެ އެއްބަސްވުން އެކުލަވާލައި ލުއިދޭން ނިންމިއިރު އެ އެގްރިމަންޓުތަކުގެ ތެރޭގައި ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި އަދީބަށް ދައުވާ ނުކުރެވޭނެ ފަދަ ނިންމުންތަކެއް އައިސްފައިވާ ކަމަށެވެ.

މިދެންނެވި ލުއިތައް ދިނުމުގެ އެގްރިމަންޓުތަކުގެ ތެރޭގައި، އަބްދުﷲ ޔާމީންގެ ޖާނު ގޮއްވާލުމަށް މަސައްކަތް ކުރި މައްސަލައިގެ ތެރެއިން ތުހުމަތު ކުރެވުނު އަހުމަދު އަބްދުލްޣަފޫރުގެ މައްޗަށް ދައުވާ ނުކުރެވޭކަހަލަ ގޮތަކަށް ނިންމުންތަކެއް ނިންމިގެން ގޮސްފައި އޮތް.. އެއީ ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެނެސް ދައުވާކުރުމާއި މެދު އަލުން ގޮތްތަކެއް ނިންމާނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް އެއްބަސްވެފައި އޮންނަ އެއްބަސްވުން.. މިކަން ފަނޑިޔާރުންގެ ސަމާލުކަމަށް މިގެނައީ

ޝިޔާޒްގެ ވާހަކަތަކާއި ގުޅިގެން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތުން އެފަދަ ނިންމުމެއް ނިންމާފައި ވާކަން އަންގާފައި ވޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި ޝިޔާޒް ވިދާޅުވީ އެގޮތަށް ނިންމާފައިވާކަމަށާއި އެކަމަކު ލިޔެކިއުންތައް ލިބިފައި ނުވާކަމަށެވެ.

ހަމަ އެ ސުވާލު ދައުލަތާއި ކުރުމުން، ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ދައުވާތައް ކުރެވުނުކަމަށެވެ. އެކަމަކު މިހާރު އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް އިއްވާފައި ނެތްކަމަށް ވިދާޅުވި އެވެ.

ޝަފީއުގެ ޖަވާބާއި މެދު ހިތްހަމަނުޖެހި ފަނޑިޔާރު ސުއޫދު ވިދާޅުވީ، ސުވާލަކީ ހުކުމެއް ތަންފީޒު ކުރޭތޯ ނުވަތަ ނޫންތޯ ނޫން ކަމަށެވެ. ސުވާލަކީ އެފަދަ ނިންމުމެއް އެބައޮތް ތޯ އެވެ.

އަޅުގަނޑެއް ނާހަން ހުކުމް ތަންފީޒު ކުރޭތޯ އެއް.. އަޅުގަނޑު އެހީ އެ މައްސަލައިގަ.. އަނބުރާ ގެންދިޔަ މައްސަލަތަކުގައި ދައުވާއާއި މެދު ކިހިނެއް ތޯ ނިމިފައި އޮތީ

ޖަވާބުގައި ޝަފީއު ވިދާޅުވީ، އެ މައްސަލައިގައި އިތުރަށް ދައުވާތައް ކުރިޔަށް ގެންދިއުމުގެ ވިސްނުމެއް އޮތްކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ ފަނޑިޔާރު އަނެއްކާވެސް ސުވާލު ކުރެއްވީ އެ މައްސަލަ އުވުނީތޯ އެވެ. ޖަވާބުގައި ޝަފީއު ވިދާޅުވީ ސުވާލަށް ޖަވާބު ދެވޭނީ އިތުރަށް އެ މައުލޫމާތު ސާފު ކުރުމަށް ފަހު ކަމަށެވެ.

އެ މައްސަލައިގައި ހިނގަމުން ދާ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން ވެސް ޝަފީއުއަށް ޖަވާބެއް ނުދެއްވުނެވެ. އަދި ފަނޑިޔާރު ދެން ސުވާލު ކުރެއްވީ މިވަގުތު އެއްވެސް ކަމެއް ހިނގަމުން ދޭތޯ އެވެ. ޝަފީއު ވިދާޅުވީ އެ މައްސަލައިގައި އެއްވެސް މަސައްކަތެއް ނުދާ ކަމަށެވެ.

ޝަފީއު: މިހާރު އެ މައްސަލައިގައި އެއްވެސް މަސައްކަތެއް ނުދޭ
ފަނޑިޔާރު ސުއޫދު: އޭގެ މާނައަކީ މައްސަލަ އުވިފައޭ ތޯ އޮތީ؟
ޝަފީއު: ސީދާ އަޅުގަނޑުމެންގެ އެ ނިންމުން ޖެހޭނީ ކަށަވަރު ކުރަން

އިދިކޮޅުން މިދިޔަ އަހަރުގެ މޭއި މަހު ކުރިޔަށް ގެންދިޔަ ޖަލްސާއެއްގައި ވެސް ރައީސް ޔާމީން ވަނީ މި މައްސަލަ ފާހަގަކުރައްވާފަ އެވެ. އެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ ނުބަލަން ސަރުކާރުން އަދީބާއި އެކު އެއްބަސްވެފައިވާ ކަމަށެވެ.

2015 ވަނަ އަހަރު އެމަނިކުފާނު ހައްޖަށް ވަޑައިގަތުމަށްފަހު މާލެ އަނބުރާއައި ހިނދު ފިނިފެންމާ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލައިގައި ތުހުމަތު ކުރީ އަދީބަށެވެ. އެ ހަމަލާގައި ރައީސް ޔާމިންގެ އަނބިކަނބަލުން މެޑަމް ފާތުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

މި މައްސަލައިގައި އަދީބުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ މުއްދަތުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މިހާރު އެ ހުކުމް ވަނީ 2019، މޭއި 20 ގައި ބާތިލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: