ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލައިގައި އިތުރު ބައްދަލުވުންތަކެއް

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ ބައެއް މެންބަރުންނާއި އަދި ކުރީގެ ވަޒީފާރުންނާއެކު - ފޮޓޯ: އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އާއި، ރާއްޖޭގެ އިން ވަކިކުރިގޮތުން ކަނޑުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާކަމަށް ފާހަގަކޮށް އިދިކޮޅުން ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ ޖޮއިންޓް ޕާޓީ ބައްދަލުވުންތައް ވަރުގަދަކޮށްފި އެވެ.

ރާއްޖެއިން އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ވަކާލާތު ކުރީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނާއި ހިލާފަށްކަމަށް ގިނަ ބަޔަކު ބުނެ އެވެ. ހާއްސަކޮށް ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ ޗާގޮސްގެ މައްސަލައިގައި ކަނޑިގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލަ މުހިންމުވާ އެތައް ހާލަތެއް ހުރި ނަމަވެސް އޭގެތެރެއިން އެއްވެސް އިގްތިސާދީ އަދި އިޖްތިމާއީ ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ރާއްޖެއަށް ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ އެ ސަބަބާއި ހުރެކަމަށް އާޒިމާ ވިދާޅުވި އެވެ.

މި މައްސަލައިގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، އެމްއާރުއެމް، އުމަރު ނަސީރުގެ ޓީމު ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. އަދި އެކި ބައްދަލުވުންތައް ބާއްވަމުންދާއިރު އެންމެ ފަހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ހުރިހާ ބޭފުޅުން ވެސް ޕެނަލްއެއްގެ ގޮތުގައި ބައިވެރިވި އެވެ.

މިކަމާއި ގުޅޭ އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއިރު، އެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއީ، ޑރ. މުހައްމަދު މުނައްވަރު އަދި ޕީއެންސީގެ ރއީސް އަބްދުއްރަހީމް އަބްދުﷲ އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، އެމްއެންޕީއެގެ ނައިބު ރައީސް އަހުމަދު އުޝާމާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އަދި އަހުމަދު ސަލީމެވެ.

މަޝްވަރާގެ މައުލޫމާތުތައް ހިއްކޮށް އަބްދުރައްހީމް ވިދާޅުވީ މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން އެކަމާއި ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ.

ޗާގޮސް އާއި ރާއްޖެ ދެމެދު އިން ކަނޑައެޅުމަށް އިޓްލޮސްގައި ކުރިޔަށް ގެންދިޔަ މައްސަލައިގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށުއަރާކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ދެ ގައުމުގެ ދެމެދު ބަހާލުމަށެވެ.

އެގޮތަށް ބަހާލުމުން ރައްޖޭގެ މަސްވެރިން މީގެ ކުރިން، މަސްވެރިކަން ކުރުމަށް ނިކުމެ އުޅުނު ބޮޑު ސަރަހައްދެއް ގެއްލިގެން ގޮސްފައިވާކަމަށް ދާއިރާގެ ބޭފުޅުން ގަބޫލު ކުރެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: