ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ ރައްދު، ރިފްއަތުއަށް: އިޓްލޮސްގެ ނިންމުން މުރާޖައާ ކުރެވޭނެ

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް އާއި ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކި ކުރުމާއި މެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމާފައިވާ ނިންމަކީ އެންމެ ފަހުގެ ނިންމުންކަމަށް ބަންޑާރަ ނައިބު އިބްރާހިމް އިފްއަތު ވިދާޅުވުމުން މިދިޔަ ދައުރުގައި އެ މަގާމު އަދާކުރެއްވި އައިޝަތު އާޒިމާ ޝަކޫރު ރައްދު ދެއްވައިފި އެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށް ވާ “ދައުރު” އަށް ރިފްއަތު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގޮތުން އިޓްލޮސްގެ ނިންމުމަކީ ނިހާއީ ހުކުމެކެވެ. އެހެންކަމުން އެ ނިންމުމަށް ބަދަލު ގެނެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށާއި އެއީ އިސްތިއުނާފު ކުރެވޭނެ ހުކުމެއް ވެސް ނޫންކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތަށް ރައްދު ދެއްވައި އާޒިމާ އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިގްތިސާދީ ހާއްސަ ސަރަހައްދުގެ މައްސަލަ އިޓްލޮސްގައި ނިންމާލެއްވިއިރު އެ ޓްރައިބިއުނަލްގެ އިޖުރާއީ އުސޫލުތަކާއި ހުކުމްތައް ރިފްއަތު ބެއްލެވިހެން ހީ ނުވާކަމަށެވެ.

ޓްރައިބިއުނަލްގެ އިޖުރާއީ އުސޫލުތައް ހިއްސާކުރެއްވިއިރު، އުސޫލުގެ 126 ވަނަ މާއްދާގައި ވަނީ އިޓްލޮސްގެ ނިންމުމެއް އެ ދާއިރާ ނުވަތަ މާނައާއި މެދު ހުސޫމަތެއް އުފެދޭ ހާލަތެއްގައި އެ މައްސަލައިގެ ނިންމުން ތަފްސީރު ކުރަން ހުށަހެޅޭނެ ކަމަށެވެ.

މީގެއިތުރުން އާޒިމާ ހިއްސާ ކުރެއްވި 127 ވަނަ މާއްދާގައި ވަނީ ހުކުމް ކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ހަސްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާގިއާއެއް އެނގިއްޖެ ހާލަތެއްގައި އިޓްލޮސްގެ ނިންމުމެއް މުރަޖައާ ކުރަން ހުށަހެޅިދާނެ ކަމަށެވެ.

އުސޫލުގެ ދަށުން ކުރެވޭނެ މަސައްކަތްތައް އެބަހުރިކަމަށް އާޒިމާ ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ދިޔައިރު، ދިވެހި ގައުމުގެ ހައްގުގައި ތެދުވާނެ އެތައް ރައްޔިތުންނެއް ވާނެކަމަށް އާޒިމާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: