ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް ކޯލިޝަނާއި އެކު ރައީސް އަޒުލުކުރުމަށް ސޮއި ކުރާ މެމްބަރުންނަށް ފިޔަވަޅު އަޅާނަން: އެމްޑީޕީ

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮލާފައިވަނީ ޑީލްތަކެއްގެ ދަށުންކަމަށް ބުނެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޒުލު ކުރުމަށް މަޖިލީހަށް ވެއްދުމުގައި ސޮއިކުރާ އެމްޑީޕީގެ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ބޮޑުވެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ސިޔާސީ މަސައްކަތްތައް ވަކިން ފަށައި ސަރުކާރަށް އެކި ގޮތްގޮތުން ދަނީ ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ. ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި އެކު ގުޅިގެން ކުރިޔަށް ދިއުމަށް ނިންމައި އެކި ބައްދަލުވުންތައް އެމްޑީޕީގެ ނަމުގައި ކުރިޔަށް ގެންދާތީ އެކަމަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވަނިކޮށް އެންމެ ފަހުން ފިކުރެއްގެ ދިރުންއަށް ނިސްބަތް ވާ މެމްބަރުން މިހާރު ޗާގޮސް މައްސަލައާއި އެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ގުޅި މަޝްވަރާތައް ވަނީ ފަށާފަ އެވެ.

ރާއްޖެއާއި މޮރިޝަސް ދެމެދު އިންވަކި ކުރުމާއި ގުޅޭގޮތުން އިޓްލޮސްގައި މައްސަލަ ނިމިގެން ދިޔައީ ރާއްޖެއަށް ގެއްލުން ލިބޭގޮތަކަށްކަމަށާއި، މިއީ ސަރުކާރުން ހަދާފައިވާ ޑީލެއްކަމަށް ބުނެ އިދިކޮޅު ކޯލިޝަނެއް އުފެދި ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބައެއް އިސްވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ވަނީ ތައްޔާރުވެފަ އެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަދި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލަ ވެއްދުން ހިމެނެ އެވެ.

ރިފްއަތުގެ ދިފާއުގައި އެމްޑީޕީން، ބަޔާނެއް އާއްމުކޮށް ބުނެފައި ވަނީ އިޓްލޮސްގެ ނިންމުމަކީ ބަންޑާރަ ނައިބުގެ ޓީމުން ދައުލަތުގެ ހައްގުގައި ކުރި އެންމެ އިހުލާސްތެރި ކާމިޔާބު މަސައްކަތެއް ކަމަށެވެ. އެކަމުގައި ސަރުކާރުގެ މައްޗަށް ތުހުމަތުތައްކޮށް، އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ އުސޫލުތަކާއި އަސާސީ ގަވައިދާއި ހިލާފުވެފައިވާ މެމްބަރުން މަސައްކަތް ކުރުމަކީ ޒިންމާދާރުކަން ކުޑައަމަލެއްކަމަށް ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި ސޮއި ކުރާ އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެކަމަށް ވެސް ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް މަޖިލީހަށް މައްސަލައެއް ވެއްދުމަށް ތައްޔާރުވަމުން ދާތީކަމަށް، އެކަމާއި ގުޅޭގޮތުން ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރޭ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދަށް ބަލައި ޕާޓީގެ މެމްބަރުންކީ އެ ޕާޓީގެ މެމްބަރުންކަމަށް ވެސް ބެލޭނެ ހަމައެއް ނެތް ކަމަށެވެ. އެބޭފުޅުން މަސައްކަތް ކުރަމުން ދަނ އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައިކަމަށްވުމާއި އެކު، އެއީ އެމްޑީޕީ ބައެއްކަމަށް ބުނާނެ ހަމައަކާއި ގުޅޭގޮތުން އިބްރޭ ސުވާލު ކުރެއްވި އެވެ.

އިބްރޭ ވިދާޅުވީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ސޮއި ކުރާ މެމްބަރުންނާއި މެދު އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި ސަރުކާރުން ގޯސްހަދާފައިވާކަން، ރައީސް ނަޝީދު ވެސް ގަބޫލު ކުރައްވާކަމަށާއި އެހެންކަމުން އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް މިކަން ނިމިގެންދިއުންކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު ވަނީ ޗާގޮސްގެ މައްސަލަ ނިމި، ހުކުމް ކުރި ދުވަހު ވެސް ޓުވީޓެއް ކުރައްވައި އެ ނިންމުން ގޯސްކަމަށް ވިދާޅުވެފަ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތައް ހިމެނޭހެން ބޭއްވި ޕްރެސްކޮންފަރެންސަށް ތައުރީފު ކުރައްވާފައި ވެއެވެ.

ޗާގޮސް އާއި ރާއްޖެ ދެމެދު އިން ކަނޑައެޅުމަށް އިޓްލޮސްގައި ކުރިޔަށް ގެންދިޔަ މައްސަލައިގައި އިޓްލޮސްއިން ނިމިދިޔަ ހަފްތާގެ ތެރޭގައި ނިންމާފައި ވަނީ ފުށުއަރާކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ދެ ގައުމުގެ ދެމެދު ބަހާލުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: