ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުއެމްގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު ބާއްވަނީ!

އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު 24 މެއި ގައި ބޭއްވުމަށް އެ ޕާޓީއިން ނިންމައިފިއެވެ.

އެމްއާރުއެމްއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ހުސެވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު 14 މެއި އިން 18 މެއި އަށް ހުޅުވާލާފައިވާކަމަށެވެ.

އެހެންކަމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޕާޓީގެ އޮފީހަށް ހުށައެޅުމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. މި މަގާމުތަކަށް ކުރިމަތިލުމަށް އެދި ފުރިހަމަކުރާ އެޕްލިކޭޝަން ފޯމާއި އިންތިހާބުގެ ޓައިމްލައިން އެމްއާރުއެމްގެ ވެބްސައިޓު އަދި ޕާޓީ އޮފީހުން ލިބެން ހުންނާނެކަމަށް ޕާޓީއިން ވަނީ ބުނެފައެވެ.

މެންބަރުން ނެގުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ:

  • އެމްއާރުއެމްގެ ނައިބު ރައީސް

ޝަރުތު: އެމްއާރުއެމްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 6 މަސް ދުވަސް ވެފައިވުން.

  • ޒުވާނުންގެ ކައުންސިލްގެ ރައީސް

ޝަރުތު: އެމްއާރުއެމްގެ ޒުވާނުންގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 3 މަސްދުވަސް ވެފައިވުން.

  • އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަންހެން އަދި ފިރިހެން.
  • ޒުވާނުންގެ ކައުންސިލްގެ މެންބަރުކަމަށް 10 ފިރިހެން ބޭފުޅުން.
  •  ޒުވާނުންގެ ކައުންސިލްގެ މެންބަރުކަމަށް 8 ކަނބަލުން.
  • އަންހެނުންގެ ކައުންސިލްގެ މަގާމަށް 13 މެންބަރުން.

ޒުވާނުންގެ ކައުންސިލާއި، އަންހެނުންގެ ކައުންސިލަށް ހޮވިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ކޮންމެ ކައުންސިލަކަށްވެސް އެންމެ ގިނަ ވޯޓުން އިންތިހާބުވާ މެންބަރަކު އެކްސްކޯއިން ހުސެވެފައިވާ ޒުވާނުންގެ ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވާނެކަމަށް ޕާޓީއިން ވަނީ ބުނެފައެވެ.

ޒުވާނުންގެ ކައުންސިލް މެންބަރުކަމަށް ކުރިމަތިލެވޭނީ އުމުރުން 31 އަހަރު ނުފުރޭ މެންބަރުންނަށްކަމަށް ޕާޓީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: