ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަތުން 52 މިލިއަން ހޯދަން ދައުލަތުން ހައި ކޯޓަށް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި މައްސަލައިގައި، 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކޯޓުން ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ފަހު 3.5 މިލިއަން ޑޮލަރަށް ވާ 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ފަހުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެ އަމުރު ބާތިލު ކުރީ ރައީސް ޔާމީނަށް ޖަލު ހުކުމް އިއްވި ފަހުން، އެ އަމުރު ނެރެފައިވާތީ އެވެ.

އޭގެ ފަހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ޕީޖީ އޮފީހުން ބުނެފައި ވަނީ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އަމުރުގައިވާ ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

އެހެންވެ އެކަން ސިޓީއަކުން ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާން ވީގޮތް ސާފުކޮށްދިނުމަށް އެދުމުން، “ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން” ގެ އަމުރެއް އެ ކޯޓުން ނެރުއްވީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މައުޟޫއީ މައްސަލައިގެ ހުކުމުގެ ބޭރުން ނެރުނު އެ އަމުރު ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ އަމުރު ބާތިލުކޮށް ކުރި ހުކުމުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ، ހުކުމް ކުރާ ވަގުތުގައި އާއި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ވާގޮތުން އިމްލާ ކުށް އިސްލާހު ކުރުން ފިޔަވައި އިތުރު ބަދަލެއް ހުކުމަށް ނުގެނެވޭނެ ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ކަމެއް ހިނގާފައި ނުވާކަން ހުކުމުގައި ފާހަގަ ކުރި އެވެ.

ބާތިލު ކުރި ކްރިމިނަލް ކޯޓުގެ އަމުރާއި، ދައުލަތުން ހުށަހެޅި އިސްތިއުނާފު މިއީ ތަފާތު ދެ މައްސަލަ އެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: