ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރަވެލި ތޮއްޓެއްގައި އެމްޑީޕީގެ ލޯގޯގައި ނުކުމެ ހިތުހުރި އެއްޗެއް ގައުމަކަށް ނެހެދޭނެ: ބޮންޑެ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑެ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަވެލި ތޮއްޓެއްގައި އެމްޑީޕީގެ ލޯގޯގައި ނުކުމު ބޭނުން ހުރިހާ ގޮތެއް ގައުމަށް ނެހެދޭނެކަމަށް ވިދާޅުވެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

އިބްރާހީމް ރަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕާޓީއަށްވުރެ އިސްކުރަން ޖެހޭނީ ތިމާގެ ގައުމުކަމަށެވެ. ބަރަވެލި ތޮއްޓެއްގައި އެމްޑީޕީގެ ލޯގޯގައި ނުކުމު ހިތުހުރި އެއްޗެއް މިގައުމަށް ހެއްދެވިދާނެ ކަމަށް ހީފުޅު ކުރައްވައިގެން ނުވާނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންނަށް ވެސް މިފަދަ ގައުމީ ޕެޓިޝަންތަކުގައި ގައުމުވިއްކުމާއި ދެކޮޅަށް ސޮއެކުރެވޭނެކަމަށް އިބްރާހީމް ރަޝީދު ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 22 ޕަސެންޓު ކަނޑާލަނީކަމަށް ބުނެ ރައްޔިތުންގެ ކުރިމަތީގައި ފޮރީން މިނިސްޓަރު އަބްދުﷲ ޝާހިދު ދޮގު ހަދާފައިވާކަމަށްވެސް އިބްޜާހީމް ރަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ދައުރު ހަމަވާއިރުވެސް ޖީބަށް ހަމައަގު ނުލެވިގެން މިއުޅެނީ މިސަރުކާރުގެ އިސްކޮށްތިބި މީހުނާއި ޝާހިދު މޮރިޝަސް އާއި އެކު ގެންގުޅޭ އަޑިނޭނގޭ ސިއްރު ސިޓީ ސިއްރު ޑީލުގެ ކަނޑުވިއްކާ ގައުމުވިއްކާ މަކަރުވެރި ސިޔާސަތުގެ ސަބަބުންކަމަށެވެ. އިސްތިއުމާރުވެފައި އޮތީ ދިވެހިންގެ މަސްކަނޑާއި ދިވެހި ގައުމުގެ ސަރަހައްދެއްކަމާއި، މޮރިޝަޝްއެއް ނޫންކަން މިއަދު އުފަންވާ ދިވެހި ދަރިއަކަވެސް އެނގޭނެކަމަށް އިބްރާހީމް ރަޝީދުގެ ޓުވީޓުގައިވެއެވެ.

މީގެ ކުރިން އިބްރާހީމް ރަޝީދު ވަނީ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތި ކުރިޒަމާނުގައި މޮރިޝަޝް އޭ ކިޔާ ގައުމެއް ދުނިޔޭގައި ނޯންނަކަމަށްވެސް ވިދާޅުވެފައެވެ. މޮރިޝަސްއަކީ ކުރީޒަމާނުގައި ދިވެހި އޮޑިފަހަރު ޒަންޒިބާރަށް ދާ މަގުމަތީ ގަދަވެގެން ޖައްސާ ދިނާރުބޯ ކިޔާ އެފްރިކާގެ ފަޅުރަށެއްކަމަށް އިބްރަީމް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ފަހުގެ ތާރީހެއްގައި ލަންދޭސީ މޮޮރީސްގެ ނަމުން އުފެއްދި އެފްރިކާގެ (މޮރިޝަޝް) އޭ ކިޔާ ގައުމަށް ފޯޅަވައްސާ އެކު ދިވެހިންގެ މަސްކަނޑާ އެކަނޑު އަޑީގެ ހަަޒާނާތަކާއެކު ސިއްރު ސިޓީ އަކުން ދޫކޮށްލުމަކީ ގައުމަށް ގައްދާރުވުުންކަމަށް އިބްރަހީމް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ލަސްނުކޮށް “ފޯޅަވަހި ސިއްރު ސިޓީ” އަނބުރާ ގެނައުމަށް އޭނާ ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ގޮވާލާފައެވެ.

ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ނިންމުމާއި ދެކޮޅު ފަރާތްތަކުން ހަދާފައިވާ އިއްތިހާދުގައިވެސް އިބްރާހީމް ރަޝީދު ހަރަކާތްތެރިވާ ”ފިކުރެއްގެ ދިރުން“ ގެ ބޭފުޅުން ހިމެނެއެވެ.

މި އިއްތިހާދުން ދަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މި މައްސަލައިގައި ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި، ޗާގޯސް ޖަޒީރާތަކުގެ ހާއްސަ އިގްތިސާދީ ސަރަހައްދުކަމަށް ބުނާ ސަރަހައްދު، ފުށުއަރާކަމަށް ބުނެ އެ ފުށުއަރާ ސަރަހައްދުން ހަމަހަމައަށް ބެހުމަށް، މޮރިޝަސް އިން ދިވެހި ރާއްޖޭގެ މައްޗަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ލޯ ސީ ގެ ދަށޫން އުފައްދާފައިވާ، އިޓްލޮސް އަށް ހުށައެޅި މައްސަލައިގައި، ގާނޫނުން ކަނޑައަޅާފައިވާ އަދި ދިވެހި މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ، ހާއްސަ އިގްތިސާދީ ސަރަހައްދު 45،331 އަކަ ކިލޯމީޓަރު ދޫކޮށްލާފައިވާތީ، މިއީ ދިވެހި ރައްޔިތުންގެ ހައްގު ގާނޫނީ މުދަލަކުން، ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްލި ސަރަހައްދެއްކަމަށެވެ. އެހެންކަމުން މި އަމަލު ގަބޫލުނުކުރާކަމަށް އިދިކޮޅު ފަރާްތްތަކުން ވަނީ ރައީސުލްޖުމްހުރިއްޔާ އަށް ދަންވާފައެވެ.

މިގޮތުން މި މައްސަލައިގެ ނިންމުން ދިވެހިރާއްޖެއިން ބަލައިނުަންނާނެކަމަށް މޮރިޝަސްގެ ސަރުކާރަށާއި، އިޓްލޮސްއަށް އަދި ކަމާއިބެހޭ އެހެނިހެން ފަރާތްތަކަށް އެންގުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ. މި މައްސަލަ ބަލައިނުގަތުމަށް ދިވެހި ދައުލަތުން އިޓްލޮސްއަށް ހުށައެޅުމަށް ގޮވާލާފައިވާއިރު، އެ 200 ނޯޓިކަލް މޭލު ހޯދުމަށް މަސައްކަތްކުރެއްވުމަށާއި، އަދި ލިބެންޖެހޭ ސަރަހައްދު ހޯދުމަށްވެސް ވަނީ ގޮވާލާފައެވެ. މި މައްސަލަ ހިނގަނިކޮށް ރައީސް ސާލިހު މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމަށްވެސް އިދިކޮޅުން ވަނީ އެދިފައެވެ.

ރެއިން ފެށިގެން ޕެޓިޝަނަށް ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވީހާވެސް ގިނަ ބަޔަކު ޕެޓިޝާނުގައި ސޮއިކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހުރިހާ ބޭފުޅުންވެސް އެދިލެއްވިއެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިހާރު ވަނީ ޕާޓީއިން ވަކިކޮށްފައެވެ. ނަމަވެސް މިކަން ރަސްމީކޮށް އިއުލާންކޮށްފައިނުވާއިރު، މިކަން އާޒިމްއަށްވެސް އަންގާފައިނުވާކަން ވަނީ ހާމަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: