ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް

އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ފެށި މަސައްކަތުގެ ދަށުން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާޓީގެ ދިދަ ނަގައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެމްޑީޕީން މައުލޫމާތު ދިންގޮތުގައި މިއީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތުގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ޕާޓީން ކަނޑައަޅާ ޓީމުތަކުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ޕާޓީގެ އެކި ހަރަކާތްތައް ހިންގާނެކަމަށް މައުލޫމާތު ދިނެވެ.

އެތެރޭގެ މައްސަލަތަކާއި އެކު އެންމެ ފަހުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުން ޕާޓީން ވަކިވުމާއި މި ހަރަކާތްތަކާއި އެއްވެސް ގުޅުމެއް ވޭތޯ ސުވާލު ކުރުމުން ޕާޓީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ ދިދަ ނެގުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމުގެ މަޝްވަރާތައް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ. އެކަމަކު ވިއްސާރައިގެ ސަބަބުން އެ މަސައްކަތް އިއުލާނު ކުރުން މަޑުޖެހިފައި އޮތީކަމަށާއި، ކުއްލިއަކަށް ޕާޓީގެ ދަތުރުތައް ފެށީ ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންތިޒާމު ވެގެން ހަރަކާތްތައް ފުރިހަމައަށް ހިންގޭނެ ކަމަށެވެ. އެމްޑީޕީއަކީ ޖޯޝުން ފުރިގެންވާ ޕާޓީއެއްކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތަކު ހަރަކާތް ކުރިޔަށް ގެންދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މައުލޫމާތު ދިންގޮތުގައި، ކޮންމެ ރަށެއްގައި ވެސް ނަގާނީ 15 – 10 ފޫޓުގެ ދިދަ އެވެ.

މިއަދު ފެށި މި ހަރަކާތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި، އަދި ޕާޓީގެ ސޯޝްލް މީޑިއާ އެކްޓިވިސްޓުން ހިމެނޭ ގިނަ އަދަދެއްގެ ގުރޫޕުތައް ވަނީ އެކުލަވާލާފަ އެވެ. އަދި ޕާޓީގެ އިސް ބޭފުޅުން ވެސް ދަތުރުތަކުގައި ބައިވެރިވެ، ރިޔާސީ އިންތިހާބަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ޕާޓީން ބުންޏެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޕޯސްޓަރުތަކުގެ ހަރަކާތެއް ވެސް އޮންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 36%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: