ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވާން ރިފްއަތަށް 30 މިނެޓު

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް އިތުބާރު ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް 30 މިނެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

ކަނޑުގެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލުމުގައި، ސަރުކާރުގެ އިހުމާލުވާކަމަށް ތުހުމަތުކޮށް އިދިކޮޅާއި ބައެއް ސިޔާސީ ޕާޓީތައް އަދި ކުރީގެ ބަންޑާރަ ނައިބުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލައިގައި ރިފްއަތުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައި ވަނީ މޮރިޝަސް ރާއްޖެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫންކަމަށް ބުނެ އެވެ.

ބުރާފަތި ދުވަހު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި ސޮއި ކުރީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ މެމްބަރުންނާއި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ މެމްބަރުން އަދި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އެވެ. މައްސަލަ މަޖިލީހަށް ހުށަހެޅީ 15 މެމްބަރުންގެ ސޮޔާއި އެކު އެވެ.

އެހެންވެ މައްސަލައިގައި އޮތް އާއްމު ކޮމިޓީން ނިމްމީ މީގެ ކުރިން ވެސް އަމަލު ކުރާ އުސޫލުން އިތުބާރު ނެތްކަމުގެ ހުށަހެޅުންތަކުގައި ޖަވާބުދާރީވުމަށް ވަގުތު ދިނުމަށެވެ. ވަގުތު ކަނޑައަޅާފައިވާ ގޮތަކީ، ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، މެމްބަރުންގެ މެދުގައި ކުރިޔަށް ގެންދާ ބަހުސްގެ ތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން ދޭ 10 މިނެޓާއި އެކު ޖުމްލަ 30 މިނެޓެވެ.

އިން ވަކި ކުރުމުގެ މައްސަލައިގައި ދެން ހުށަހަޅާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ހުށަހެޅުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ތިން މައްސަލަ އެއްކޮށް ހުށަނޭޅުމަށް ނިންމި ސަބަބެއްކަމަށް މެމްބަރުން ބުނީ، އެއް ވަގުތެއްގައި ހުރިހާ މަސައްކަތް ކުރިޔަށް ނުގެންދިއުމަށެވެ. އެހެންވެ ކޮންމެ މައްސަލައެއްގެ ދެމެދު ދުވަސްތައް ހިމެނީކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމޭނީ، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާއި އެކު އެވެ. އެއީ މަދުވެގެން 43 ވޯޓެވެ.

ޗާގޮސްގެ މައްސަލައިގައި ހަރަކާތްތެރިވާ ޕާލިމަންޓް ކޯލިޝަނުގައި އެ އަދަދަށް މެމްބަރުން ހަމަނުވާނެކަމާއި ދެން އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބައެއް މައްސަލަތައް ކާމިޔާބު ނުވެ ވެސް ހިނގައިދާނެ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވުމުން އެއީ މީގެ އެންމެ ބޮޑު އެއްބޭނުންކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: