ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އުފައްދަވާ ޕާޓީގެ ނަމަކީ ”ދަ ޑިމޮކްރެޓްސް“!

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ފޯމު ހުށަހެޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރިޔަށް ގެންދަވާ ސިޔާސީ ހަރަކާތް ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ކުރިޔަށް ގެންދިއުމަށް ހުށަހަޅައިފި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތުތައް ގަބޫލު ނުކުރެވޭތީ އާއި، އެ ޕާޓީގެ އުސޫލުތަކާއި ހިލާފަށް ސަރުކާރު ހިންގަމުންދާކަމަށް ބުނެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެ ޕާޓީ ދޫކޮށްލާފަ އެވެ. އެއަށް ފަހު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އިއުލާނު ކުރިތާ ތިން ދުވަސް ފަހުން މެމްބަރުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަނީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފަ އެވެ.

ރައީސް މުހައްމަދު ނަޝީދާއި އަރިސް ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ޕާޓީން އިސްތިއުފާ ދިން ނަމަވެސް، އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސެއްގެ ގޮތުގަ އެވެ. އަދި ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާ ދީ އެމަނިކުފާނު އުފައްދަވާކަމަށް އަޑުފެތުރިފައިވާ ޕާޓީއާއި ގުޅުވަޑައިގަންނަވާނީ ކޮން ދުވަހަކު ތޯ ނޫސްވެރިން ވަނީ ސުވާލު ކުރައްވާފަ އެވެ.

އެކަމާއި ގުޅޭގޮތުން ހެންވޭރު ދެކުނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެ ސުވާލު ކުރުން އެންމެ ރަނގަޅީ ރައީސް ނަޝީދާއި ކަމަށެވެ. މީގެ ކުރިން ވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަށް ދެއްވީ ހަމަ އެ ޖަވާބެވެ.

އައު ޕާޓީއަށް ”ދަ ޑިމޮކްރެޓްސް“ ގެ ނަން ދީފައިވަނީ ކިހިނެއް ތޯ ސުވާލު ކުރުމުން އަލަށް އުފައްދާ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ ހުށަހެޅުންތަކަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ނަންތައް ލިބިފައި ވަނީ ޑިމޮކްރަސީ އާއި ގުޅުވައި ކަމަށެވެ. އަދި ޕާޓީގެ ލޯގޯގެ ބައެއް ހުށަހެޅުންތައް ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް، ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: