ރައީސް އިބްރާހިމް މުހައްމަދު ސާލިހް ތަންދޮރު ނުދަންނަނީ ނޫން ކަމާއި އެމަނިކުފާނަކީ ރާއްޖެއަށް ހުރި ބިރުވެރިކަމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ ވިދާޅުވީ މިއަދު މަޖިލީހަށް އެޖެންޑާ ކުރެވިފައިހުރި ހުރިހާ ގަރާރެއްގައި ވެސް ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވެރިކަމަށް ވަޑައިގެން އެއްވެސް ވައުދެއް ނުފުއްދުން ކަމަށެވެ.
އިއްޔެގައިވެސް ރައްޔިތުންގެ މަޖިލީހުގައި ދި ޑިމޮކްރެޓްސް ގެ މެމްބަރުންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ނޭނގިގެން ކަމެއް، ނުކުރެވިގެން ކަމެއް ނޭނގެއޭ. އަދި އެއްބައި އިއްޒަތްތެރި މެމްބަރުން ފާހަގަކުރެއްވި ނޭނގުމަކީ ތިމަންނާ ނުކުރާނަމޭ ބުނާ ވަރުގެ ހުއްޖަތެއް ނޫނޭ. އެހެންވިއްޔާ ވެރިކަމާ ހަވާލް ނުވާނީއޭ. އެއް މެމްބަރަކު ވިދާޅުވި އެއްވެސް ވެރިއަކަށް ހުރިހާ އެއްޗެއް ނޭނގޭނެއޭ. އެކަމަކު ތިމާ އަށް ހުރިހާ އެއްޗެއް އެނގޭ ކަމަށް ހެދޭކަށް ނުޖެހޭ . އަދި އެހެންމީހުންނާ މަޝްވަރާ ކޮށްލުމަކީ ވެސް ވެރިންގެ ކިބައިގައި ހުންނަންޖެހޭނެ ސިފައެކޭ.
ހަސަން ލަތީފް، ރައީސް ނަޝީދުގެ ބޮމުގެ ހަމަލާގެ މައުލޫމާތު ރައީސް ސާލިހަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއި ގުޅިގެން އީވާ ވިދާޅުވީ އެވާހަކަ އޭނާ ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީގައި ފުރިހަމައަށް ބައިވެރިވެ ވަޑައިގަތުމަށް ފަހުގައި ކަމަށެވެ.
އެ އިންކުއަރީ ކޮމިޓީއަށް ވަޑައިގެން ވާހަކަފުޅު ދެއްކެވި ހުރިހާ ފުލުހުންނާއި ސިފައިންނާއި ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި އިންޓަލިޖެންސް އޮފިސަރުންނާއި އެކިއެކި ވަޒީރުންނާއި ފުލުހުންގެ ތެރޭގައި ހިމެނޭ އިސްވެރިންނާއި ދެއްކެވި ހުރިހާ ވާހަކައެއް އަޑުއައްސަވާފައި އެ ހުރިހާ ބަޔާނެއް އަޑު އައްސަވާފައި ހަސަން ލަތީފް އެހެން އެ ވިދާޅުވީ. ސިއްރު ވާހަކަ އެއް ނޫން މިދައްކަނީ އިއްޒަތްތެރި ރައީސް. 241 ކޮމިޓީގެ ޕަބްލިޝް ކޮށްފައި އޮތް ރިޕޯޓް ބައްލަވާލައްވާ. އޭގައި ލިޔެފައި އިންނާނެ ފުލުހުންގެ އިސް ވެރިޔަކު، ނޯޅޭނެ އެކަކަށްވެސް އެއީ ފުލުހުންގެ އިސްވެރިޔެކޭ ރިޕޯޓްގައި އޮތީމަ އެއީ ކޮން ބޭފުޅެއް ކަމެއް. ސާފުއަކުރުން ލިޔެފައި އިންނާނެ މިއީ އެނގި ހުރެގެން ހިނގާފައިވާ ކަމެކޭ. އަދި ފުލުހުން ބުނެފައި އޮންނާނެ ކަނޑައެޅިގެން ތިމަންނާ މެންނަށް ސިފައިން ނޭނގީއޭ. ކަނޑައެޅިގެން ސިފައިންނަށް އެނގޭ ތިމަންނަ މެންނަށް (ފުލުހުންނަށް) އެންގިނަމަ ހުއްޓުވީހޭ. އަދި ރައީސުލް ޖުމްހޫރިއްޔާ އަށް އަންގާފައިވާ ކަމަށްވެސް. ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް ބޮން ގޮއްވަން އުޅޭ ކަން އެނގިވަޑައިގަންނަވާ ކަންވެސް އިއްޒަތްތެރި ރައީސް ޕަބްލިކް ރިކޯޑް ގައި އޮންނާނެ ފުލުހުންގެ ޗީފް އޮފް ޑިފެންސް އެހެން ވިދާޅުވެފައި 241 ކޮމިޓީގެ ރިޕޯޓް އިއްޒަތްތެރި ހުރިހާ މެމްބަރުންވެސް ބައްލަވާލައްވާ.
އީވާ ވިދާޅުވީ ސިޔާސީ ހަސަދަވެރިކަމެއްގައި ސިޔާސީ ވާދަވެރިއަކު ނުވަތަ، މިއަދާ ހަމައަށް ދެން ބަލައިލާއިރު ސިޔާސީ ދުޝްމަނަކު ދުއްވާލަން ބަލައިލާއިރު ދިވެހި ގައުމަށް އެއީ އޮތް ކިހާ ބޮޑު ނުރައްކަލެއްތޯ ބަލައިލަން ޖެހޭ ކަމަށެވެ.
ދެން ނީލޯފަރު ހިނގުމުގައި ބޮމެއް ގޮވާއިރު ނުވަތަ މާލޭ މަޖީދީ މަގުގައި ނުވަތަ ރާއްޖޭގެ ކޮންމެވެސް އެހެން ރަށެއްގައި ރައީސް ނަޝީދަށް އޮންނަ ސިޔާސީ ހަސަދަވެރިކަމެއްގައި ބޮމެއް ނުވަތަ އެހެން ހަމަލާއެއް ދުއްވާލާއިރު ކޮލެޓްރަލް އަކީ އެތާ ކައިރީގައި ތިބޭނީ ކާކުގެ ދަރިއެއްތޯ ކޮން ބައެއްތޯ ކާކުގެ މަންމަ އެއް ތޯ ކާކުގެ ބައްޕައެއްތޯ ކާކުގެ ރަހްމަތްތެރިއެއްތޯ ކާކުގެ އަވަށްޓެރިއެއްތޯ ވެސް އިއްޒަތްތެރި ރައީސް ބަލައިނުލާ ރައީސް ނަޝީދަށް އޮތް ސިޔާސީ ހަސަދަ ވެރިކަމެއްގައި ރާއްޖޭގެ މާލޭގެ މެދުގައި މަޖީދީ މަގު މެދުގައި ބޮމެއް ގޮވާތަން ބަލަން ބަލަހައްޓައިގެން އެތިބީ. އަނެއްކާވެސް އަޅުގަނޑު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި ވާހަކަ އަޅުގަނޑު ތަކުރާރު ކޮށްލާނަން. ރައީސް ސާލިހަކީ ދިވެހި ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް.
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ކޮންމެވެސް ވަޓްސްއެޕް ގްރޫޕެއްގައި އިއްޔެ ލިޔުއްވާފައި އޮތް މެސެޖެއްގައި އަގްލަބިއްޔަތަށް ތަބާވާ ކަމަށް ބުނެފައިވާ ކަމާއި އެމެސެޖް ފެނުނު ކަމަށް އީވާ ވިދާޅުވިއެވެ.
އަގްލަބިއްޔަތަށް ތަބާވަނީ.. ކޮންމެވެސް ވަރަކަށް ޑިމޮކްރަސީ ތިއަރީ އަދި އެނގި ވަޑައިނުގަންނަވަނީ ކަންނޭނގެ. ޑިމޮކްރަސީ އަދި އަގްލަބިއްޔަތަށް ތަބާވީމަކާ އަދި ޑިމޮކްރަސީ އަކަށް ނުވާނެ. އެވިދާޅުވިހެން ހިޓްލަރު، ޕުޓިން، އިޑިއަމިން، ހުސަދީނީ. މިބޭފުޅުން އަތުގައިވެސް އަގްލަބިއްޔަތު އޮތް. އެކަމު މައިނޯރިޓީ ޕްރޮޓެކްޓް ނުކުރެވޭހާ ހިނދަކު އަދި މައިނޯރިޓީގެ ހައްގު ޕްރޮޓެކްޓް ނުކުރެވޭހާ ހިނދަކު އެއީ ޑިކެޓޭޓަރޝިޕެއް. އެއީ އޮތޯރެޓޭރިއަނިޒަމް. އެއީ ޑިމޮކްރަސީއެއް ނޫން. ކޮންމެވެސް ވަރަކަށް އޮޅުންފިލުވާލުމަކީ މުހިއްމު ކަމެއް މި މަސައްކަތުގައި އުޅޭއިރު.

