ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީ ކޯލިޝަނުން ބޭރުކޮށް، ކެބިނެޓަށް ބަދަލު ގެނައުމުގެ ވިސްނުމެއް އަދި ނެތް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ:
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާނުކޮށްފައިވާ ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ބޭރުކޮށް ކެބިނެޓަށް ބަދަލު ގެނައުމާއި މެދު އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

އަންނަ ސެޕްޓެމްބަރުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާދަކުރައްވާނެ އެވެ. އަދި ގާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ އަންނަ ހަފްތާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންވެ، ސަރުކާރުގެ ގިނަ މެމްބަރުން ދަނީ ގާސިމަށް ފާޑުކިއުން އަމާޒުކޮށް، ސަރުކާރު ކޯލިޝަނުން ބޭރުކޮށް އެ ޕާޓީގެ ސްލޮޓުތަކުގައި ތިބި ވަޒީރުންނާއި، ނައިބުން އަދި ސިޔާސީ އެހެން މަގާމުތަކުގެ ބޭފުޅުންތައް ވަކި ކުރުމަށް ގޮވާލާފަ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯލިޝަނާއި ބެހޭގޮތުން ސުވާލުކޮށް އެއްވެސް ބަދަލެއް އައިސްދާނެތޯ ސާފުކޮށްދޭން އެދުމުން މިއުވާން މުހައްމަދު ވިދާޅުވީ މިވަގުތަށް އެއްވެސް ބަދަލެއް ގެނައުމުގެ މަޝްވަރާތައް ކުރިޔަށް ނުދާ ކަމަށެވެ.

ސަރުކާރު ކެބިނެޓުގައި ޖޭޕީގެ ސްލޮޓުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ، އެ ޕާޓީ ދޫކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް ނިންމާފަ އެވެ. އެކަމަކު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި، ފިޝަރީސް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަދިވެސް ތިއްބެވީ ޖޭޕީގަ އެވެ. އަދި އެބޭފުޅުން ޖޭޕީގެ ކައުންސިލް ހުރިހާ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެ އެވެ.

ފާޑުކިއުންތަކުގެ ރައްދުގައި އެންމެ ފަހުން ވެސް ގާސިމް ވިދާޅުވީ 2018 ގެ ރިޔާސީ ރިޔާސީ އިންތިހާބުގެ މަސައްކަތް އެކުގައި ކުރިޔަށް ގެންދިޔައީ އެއްބަސްވުމެއްގެ ދަށުންކަމަށާއި އެ ލިޔެކިއުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިންމި ނިންމުމެއްގެ ސަބަބުން ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ދޭން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެއްބަސްވުން އޮއްވައި، އެއްވެސް ޕާޓީއަކަށް މަގާމުތަކުން އިސްތިއުފާ ދެން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން ހަމައެކަނި ވޯޓު ދިނީ ރައީސް ސޯލިހަށް ނޫންކަމަށާއި އެކަމުގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ހިމެނޭކަމަށް ގާސިމް ވިދާޅުވި އެވެ.

 

ސަރުކާރު އެކުލަވާލުމަށްފަހު ސަރުކާރަށް ހާސިލްވާ ރަނގަޅު ކަންކަން ޖޭޕީއާއި ހިއްސާކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަމަށާއި، ސަރުކާރުގެ ވައުދު ފުއްދަމުންދާއިރު ކޯލިޝަން ޕާޓުނަރުންގެ ދައުރެއް އޮންކަމަށް ނުދެކޭކަމަށް ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްކުރާއިރު ޖުމްހޫރީ ޕާޓީ ވަރު ނޯންނަކަމަށް ބައެއް ބޭފުޅުން ދެކޭކަމަށެވެ.

ގާސިމް ސުވާލުއުފެއްދީ ސަރުކާރު ކެބިނެޓުގައި އާއި އަދި ކުންފުނިތަކުގައިވެސް ޖޭޕީގެ މެންބަރުން ތިއްބެވިއިރު، އެ މެންބަރުންގެ އެއްބާރުލުމާއި މަސައްކަތާއިއެކު ހޯދާ ކާމިޔާބީ އާއި ނެރޭ ރަނގަޅު ނަތީޖާތަކުގައި ޖޭޕީގެ ބައިވެރިވުން އޮންކަމަށް ނުވަނީ ކީއްވެގެންތޯއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޤާސިމްބެ ދޯ މިފަހަރު 2013 ގައި ވީވަރެއް ނުކުރެވޭނެ އެވަރުގެ ބަޔަކުވެސްނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: