ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމް ސިޔާސީ މައިދާނަށް، ގުޅިވަޑައިގަތީ ޖޭޕީއާއި!

 ހައިލަމް ޖޭޕީއާ ގުޅިވަޑައިގަތުން - ފޮޓޯ: ގާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގެ ގާޒީއަކަށް ހުންނެވި ހައިލަމް އެ މަގާމުން ވަކި ކުރީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބެލި ސުލޫކީ މައްސަލައަކަށް ފަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް 12 ގަޑިއިރަށް ވެފައިވަނިކޮށް، ހައިލަމް ސަސްޕެންޑު ކުރުމަށް ޖޭއެސްސީން ނިންމީ ނޮވެމްބަރު 03 އާއި ގުޅުން ހުރި ފޮޓޯއެއް ފަނޑިޔާރުންތަކެއްގެ މެދުގައި ހަދާފައިވާ ވައިބާ ގުރޫޕަކަށް ފޮނުވި މައްސަލައިގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނުތަކެއް ޖަހާފައިވާ އެ ފޮޓޯގެ ސްކްރީންޝޮޓުތަކެއް އާއްމުވީ އޭގެ ދެ ދުވަސް ފަހުން ނޮވެމްބަރު 05 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު ހައިލަމް އިސްތިއުފާ ދެއްވީ، ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އޮތީ ހުށަހަޅާފަ އެވެ.

އޭރު އިސްތިއުފާގެ ބަޔާނެއް އާއްމުކޮށް ހައިލަމް ވިދާޅުވެފައި ވަނީ ޖޭއެސްސީ މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށު ތެރެއަށް ފަނޑިޔާރުގޭގެ ބައެއް ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށެވެ.

ހައިލަމް މަގާމުން އިސްތިއުފާ ދިނުމަށް ފަހު މަދުން ނަމަވެސް ސިޔާސީ ބައެއް ކަންކަމާއި ގުޅުވައި އާއި ޝަރުއީ ނިޒާމާއި ގުޅުވައި ވާހަކަ ދައްކަވަ އެވެ. އެކަމަކު ސިޔާސީ ޕާޓީއަކާއި ގުޅުމުގެ ވިސްނުން އޭރު ނެތްކަމަށް ހާމަކުރެއްވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ސަރުކާރު ކޯލިޝަނުގެ ޖުމްހޫރީ ޕާޓީއަށް ހައިލަމް ސޮއި ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ. އެކަން ފާހަގަކޮށް ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ހައިލަމް ސިޔާސީ މައިދާނާއި ގުޅުމަށް ޖޭޕީ އިހުތިޔާރު ކުރުމަކީ ލިބުނު އުފަލެއްކަމަށެވެ.

ހައިލަމް ސިޔާސީ މައިދާނަށް ނިކުންނެވުމުން، ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: