ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އާއި ގުޅުނު ތިން ޒުވާނުން ސަރުކާރުން ވަކި ކުރުމުން ރައީސް ނަޝީދުގެ ފާޑުކިއުން

ޑިމޮކްރެޓްސް އާއި ގުޅުނު އަންސަރު، ހަމްދާން އަދި އަލައިކާ/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމެއް ގެނެސް، ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނެ ގާބިލުކަން ކުރި ޒުވާނުންތައް ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކި ކުރުމަކީ ދިވެހި ރައްޔިތުންނަށް ދޭ ގެއްލުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކުރެވޭތީ އާއި، އެމްޑީޕީ މިހާރު ހިނގަމުން ދަނީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ ރައީސް ނަޝީދު ކުރައްވަމުން ގެންދެވި މަސައްކަތް މިހާރު މިސްރާބު ޖަހާފައިވަނީ އައު ޕާޓީއެއް އުފެއްދުމަށެވެ. އިލެކްޝަންސް ކޮމިޝަނުން “ދި ޑިމޮކްރެޓްސް” އުފެއްދުމުގެ ހުއްދަ ދިނުމާއި އެކު ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައި ކުރިޔަށް ދާއިރު މިއަދު އެމްޑީޕީ ދޫކުރި މައްސަލައިގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުން ތިން ބޭފުޅަކު ވަނީ ވަކިކޮށްފަ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފީގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރި، އަދި މި ވެރިކަން ގެނައުމަށާއި ރައީސް ނަޝީދާއި މަސައްކަތް ކުރެއްވި މުހައްމަދު އަންސާރު އެންވައިރޮމެންޓް މިނިސްޓްރީގެ ނައިބުގެ މަގާމުން ވަކިކުރިއިރު، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުން އައިޝަތު އަލައިކާ އާއި، ހޯމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން މުހައްމަދު ހަމްދާން ވަނީ ވަކިކޮށްފަ އެވެ.

އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ރައީސް ނަޝީދު ވިދާޅުވީ އަންސާރާއި، އަލައިކާ އަދި ހަމްދާނަކީ އެމްޑީޕީގެ ވެރިކަން ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ޒުވާނުން ކަމަށެވެ. އަދި އެއީ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެންމެ ގާބިލު މެމްބަރުން ނަމަވެސް، މަގާމުން ވަކި ކުރުމަކީ ދިވެހިންނަށް ދޭ ބޮޑު ގެއްލުމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި ރައީސް ނަޝީދު ޕާޓީ ދޫކޮށް، ދި ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަންނަވާނެ ދުވަހެއް އަދި ސާފެއް ނޫނެވެ. އަދި އެ ސުވާލު ޕާޓީގެ މެމްބަރުންނާއި ކުރުމުން ވިދާޅުވެފައި ވަނީ ޖަވާބު ދެއްވަން އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށްކަމަށާއި، އެމަނިކުފާނާއި ސުވާލު ކުރުމަށް އެދޭ ކަމަށެވެ.

ޕާޓީގެ އެތެރޭގައި އުފެދުނު މައްސަލަތަކާއި އެކު ސަރުކާރުގެ މަގާމުތަކުން ދެން ވަކި ކުރީ މުހައްމަދު ޝިފާޒާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވަނިކޮށް ހުސެއިން އަމްރު އެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕާޓީ ދޫކޮށް، ދި ޑިމޮކްރެޓްސް އާއި ގުޅޭ މެމްބަރުން ވަކި ކުރާނެ އެވެ.

ގިނަ ބައެއްގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް ކަމަކީ، ސަރުކާރު ކޯލިޝަނުގައި އޮވެ 2023 ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދާއިރު، އަދި ސަރުކާރަށް އެކި ގޮތްގޮތުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ފާޑުވިދާޅުވާއިރު އެ މެމްބަރުންނާއި މެދު ފިޔަވަޅު ނާޅާ ސަބަބަކާއި މެދު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: