ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ހުކުމްގެ އިސްތިއުނާފު ބުދަ ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓަށް ހުށަހަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 11 އަހަރުގެ ހުކުމުގެ މައްސަލަ އެ ކޯޓުން ބަލައިގަނެ އަންނަ ބުދަ ދުވަހަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލައިގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ ހުކުމް ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިތާ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް އަދިވެސް ތާވަލުކޮށްފައި ނުވާތީ، އިދިކޮޅުން ހައިކޯޓަށް ގޮސް ރެޖިސްޓްރާއާއި ބައްދަލު ކުރުމަށް ވެސް މަސައްކަތް ކުރި އެވެ.

ހުކުމް އިސްތިއުނާފު ކުރިތާ މަހަކާއި ގާތްވެފައި ވަނިކޮށް، އެންމެ ފުރަތަމަ އެ ކޯޓުން މައްސަލަ އަނބުރާ ފޮނުވާލީ ފޯމުގައި ބައެއް އިސްލާހުތަކެއް ގެނައުމަށް އެންގުމަށް ފަހު އެވެ. އެހެންވެ ކޯޓުން އިރުޝާދު ދިން ގޮތަށް ފޯމު އިސްލާހުކޮށް، ފެބްރުއަރީ މަހު މައްސަލަ ހުށަހެޅުމުން އަނެއްކާވެސް މައްސަލަ ބަލައިގަތްކަމަށް އެންގީ މަހަކާއި ގާތްވެފައި ވަނިކޮށެވެ. އޭގެ ފަހުން ކޯޓުގައި އަޑުއެހުން ތާވަލު ނުކުރާރީ، އެއީ ސަރުކާރުގެ ނުފޫޒުކަމަށް އިދިކޮޅުން ތުހުމަތު ކުރި އެވެ.

ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، ގިނަ ބަޔަކު ވަނީ އިސްތިއުނާފު މަރުހަލާ އަވަސް ކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ހުކުމް އިސްތިއުނާފުކޮށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު  ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގައި “ރޫލް އޮފް ލޯ” ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑިޝަރީއެއް އޮވެގެންކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ތަފާތު އެކި ފަހަރު މަތީން އެމަނިކުފާނުގެ ގާނޫނީ ޓީމުން މީޑިއާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން، ޖަމީލު ވިދާޅުވީ ހުކުމް ރިޕޯޓު އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ޖަމީލް ވިދާޅުވީ، ހުލާސާ ބަޔާނާއި ހުކުމުގެ ރިޕޯޓާއި ދިމާ ނުވާކަމަށާއި ރިޕޯޓުގައި އޮތީ ދައުލަތުގެ ބަޔާނުގެ ކޮޕީއެއް ކަމަށެވެ. އިންސާފުވެރިކަމާއި އެކު މައްސަލަ ކުރިޔަށް ގެންގޮސްފި ނަމަ ރައީސް ޔާމީން ހައިކޯޓުން މިނިވަންވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: