ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މަޖިލީހުގައި މަރުތަޅު އަޅުވައިފި: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގައި ”މަރުތަޅު“ އަޅުވައިގެން ސަރުކާރުން މަސައްކަތްކުރަމުންދަނީ ބާރުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ބައިބައިވެ، އެ ޕާޓީއަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސް މެމްބަރުންތަކެއްވަނީ ޕާޓީއާއި ވަކިވެ، ވަކިން ޕާޓީއެއް ހެދުމުގެ މަސައްކަތްތައް ފަށާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފިކުރެއްގެ ދިރުމުގެ މެމްބަރުންދަނީ، ސަރުކާރުގެ ބޮޑެތި މައްސަލަތައް ފާހަގަކޮށް، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ނަޝީދު އަދި އޭނާވެސް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޝާރާތްކުރައްވާ އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައިވާ އިރު، އެމަނިކުފާނަށް ރިޔާސަތުގައި ނީންދެވޭނެކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާކަމަށެވެ. އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށައެޅިފައިވާއިރު، އެ މައްސަލަ ނުބަލާ އެހެން މައްސަލަތައްވެސް ކުރިއަށް ނުގެންދެވޭނެކަމަށް އަސްލަމް ވިދާޅުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ، ސަރުކާރުންވަނީ މަޖިލީހުގައި މަރުތަޅު އަޅުވާފައިކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހަކީ، ދިވެހިރާއްޖޭގެ ކަންކަން ބަލަހައްޓައި ނެގެހެއްޓުމުގެ ޒިންމާ އެޅިފައިވާ އެންމެ މަތީ މުއައްސަަސާކަމަށެވެ. އެހެންކަމުން މަޖިލީހުގައި މަރުތަޅު އެޅިގެން ދިއުމަކީ ސަރުކާރަށް ލިބިގެންދާ ބޮޑު ފައިދާއެއްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އީވާ ވިދާޅުވީ، ބާރުތަކާއި، މުދަލުގެ އިތުރުން މާލިއްޔާތުންވެސް ނާޖާއިޒް ބޭނުންތަކެއް ކުރަމުންދާ ސަރުކާރަކަށް މަޖިލީސް ހުއްޓިފައި އޮތުމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ވޯޓު ލުމަށް ބާކީ އޮތީ ތިން މަސް ދުވަސްކަމަށެވެ.

ޕީޖީ ގުރޫޕުން ރައީސް ސާލިހާއިއެކު މަޝްވަރާތައް ކުރައްވާކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވާނީ މެޖޯރިޓީ އާއިއެކުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވާކަމަށްވެސް އީވާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި ބޭނުންކުރެއްވިދާނެ ސިޔާސީ އުކުޅުތަކަށް ރައީސް ސާލިހު އަދި ޕީޖީ ގުރޫޕުގެ ލީޑަރަށްވުރެ ފުންނާބު އުސް ބަޔަކު ނެތްކަމަށެވެ. އެހެންކަމުން މަޖިލީހުގެ މަރުތަޅު އެޅިގެންދިއުމަކީ އޮޅިގެންވެފައިވާކަމެއް ނޫންކަމަށް އީވާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: