ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ އޮއެވަރުގައި ޖެހި މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި

ރިޔާސަތު ކައިރިއަށް މެންބަރުން އެއްވެ އިހުތިޖާޖުކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިޒާމީ އެވަރުގައި ޖެހި ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ނިޒާމީ މައްސަލަ ނައްގަވާ އަޑުގަދަ ކުރައްވަމުން ގެންދެވީ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ޖަލްސާ ކުރިއަށް ގެންދަން ފެއްޓެވުމުންނެވެ.

ސަރުކާރަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ އެޖެންޑާ ނުކޮށް އެހެން އެއްވެސް މަސައްކަތެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މާދަމާއަށް އެޖެންޑާ ކުރަން ލާޒިމެވެ. އެކަމަކު، އެ ޖަލްސާގެ ބައެއް މަސައްކަތްތައް އާންމު ކޮމެޓީން ކުރަންޖެހިފައި އޮތުމާއި ކޮމެޓީތައް އެކުލަވާނުލެވި އޮތުމުން، އެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ކުރިން ވަނީ އަންގައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށޫމާއިއެކު މެމްބަރުން އެންމެ ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ މަޖިލީހުގައި ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނެވުމުންނެވެ. އެގޮތުން ސަރުކާރަށް ތާއިދު ކުރަން މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ރައީސް އަދި ނައިބް ރައީސްއަށް މަޖިލީޙުގެ ރިޔާސަތު ނުބެލެހެެއްޓޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ދެން އަމަލު ކުރަންވީ ގޮތް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އަފީފް މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަސް އުޒުރުވެރިވެ ވަޑައިގަންނަވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދިﷲ ވަނީ މަޖިލީހަށް އަންގަވާފައެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް ނަޝީދު އާއި އީވާ އަބްދުﷲ އަންގަވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: