ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތުގެ ލަފާ ނިއުޝާ އިއްޔެ ނަޝީދަށް ދެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަމީން އާންމު ފާތިމަތު ނިއުޝާ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ނިޒާމު ނުގެއްލި، ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތުގެ ލަފާ އަރުފައި އަމީން އާންމު ފާތިމަތު ނިއުޝާ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުވި ސިޓީއެއް އާއްމުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އެކު، ޖަލްސާތައް ކުރިޔަށް ނުގެންދެވި އޮތުމަށް ހައްލެއް ގެންނަން ޖެހޭކަމަށް ބަޔާންކޮށް ނިއުޝާ ރައީސް ނަޝީދަށް ސިޓީއެއް ފޮނުވާފައި ވަނީ އިއްޔެ އެވެ.

އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން މީޑިއާތަކާއި ހިއްސާ ކުރި ސިޓީގައި އަމީން އާންމު އެދިފައި ވަނީ މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތެއް ހަމަޖައްސައިދެއްވުމަށެވެ. ރައީސް ނަޝީދަށް އެޑްރެސް ކުރައްވައި ނިއުޝާ ފޮނުވި ސިޓީގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތާއި، ގަވައިދުން އެކަމަށް ތަންދޭ ގޮތުގެ ލަފާތަކެއް ދެއްވާފައި ވެއެވެ.

ރައީސް ނަޝީދަށް ނިއުޝާ ފޮނުވި ސިޓީގައި ވަނީ އީވާގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާއިރު، އެ ގަރާރުގެ ނޯޓިސް ހަމަވެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތީން އަންގާރަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށެވެ. އެކަމަކު މަޖިލީހުގެ ނައިބު ރައީސާއި އެކު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅާފައި ވާތީ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެ ރައީސް ނަޝީދު އަންގަވާފައިވީ ނަމަވެސް 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވެފައިވާކަން ނިއުޝާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން މަޖިލީހުގެ އިދާރާއިން ރައީސް ނަޝީދަށް އެޑްރެސްކޮށް މީގެކުރިން ފޮނުވި ސިޓީއާއި ހަވާލާދެއްވާ ބުނެފައި ވަނީ އެ ސިޓީގައި މަޖިލީހުގެ ރިޔާސަތު ބެހެއްޓުމަށް ޖަލްސާ އަށް ހާޒިރުވެ ވަޑައިގަތުމަށް އެދިފައިވާކަން ނިއުޝާ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ރައީސް ނަޝީދު ޖަލްސާގެ ރިޔާސަތު ބެހެއްޓުމަށް ވަނީ އުޒުރުވެރިވެ ވަޑައިގެންފައި ކަމަށްވެސް ނިއުޝާ އަންގަވާފައިވާ ކަމަށް ބުނެފައިވެއެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސް ނަޝީދު އުޒުރުވެރިވި ސަބަބާއި ގުޅިގެން ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް މިވަގުތު ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު 8 ޖޫން 2023 އަށް ހަމަވުމާއެކު، އެ ތާރީހުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަސް ކަމުގައިވާ 11 ޖޫން 2023 ވީ އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވި އެ ތާރީހުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަސް ކަމުގައިވާ 11 ޖޫން 2023 ވީ އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވި އެ ޖަލްސާއަށް ހުށަހަޅަންވާނެ ގަރާރެއް ކަން ނިއުޝާ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އެ ދުވަހު އެ ޖަލްސާ ބޭއްވިފައި ނުވަނީ މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރުނެތް ކަމުގެ މައްސަލަތަކުގައިވސް އަމަލުކޮށްފައިވާ އުސޫލަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އެ މައްސަލަތަކުގެ ބަހުސްއާ ގުޅޭގޮތުން އާއްމު ކޮމިޓީން ކަނޑައަޅަންޖެހޭ ވަގުތުތަކަކީ އެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސްއާ ގުޅޭގޮތުން އާއްުމު ކޮމިޓީން ކަނޑައަޅަންޖެހޭ ވަގުތުތަކަކީ އެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށް އެޖެންޑާކުރާ ޖަލްސާގެ ކުރިއަށް އާއްމު ކޮމިޓީން ވަގުތު ކަނޑައެޅިގެން ކުރިއަށްގެންދެވިފައިވާ މައްސަލަތަކެއް ހުށަހެޅުއްވުމަށް އެޖެންޑާކުރާ ޖަލްސާގެ ކުރިއަށް އާއްމު ކޮމިޓީން ވަގުތު ކަނޑައެޅިގެން ކުރިއަށް ގެންދެވިފައިވާ މައްސަލަތަކެއް ކަމުން އެ މައްސަލަތަކެކޭ އެއްފަދައިން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭގޮތުންވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ އެ ގަރާރު ހިނގަމުންދާ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށް ލިބިދޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން އެ ތާރީހާ ހަމައަށް ކަނޑައެޅިފައިނުވާތީ ކަމަށް ވެސް އަމީން އާއްމު ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއުލާންކޮށްފައިވާ ފަދައިން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ އަކަށް ނިސްބަތްނުވާ މެމްބަރުންގެ ދަފްތަރަށް އައި ބޮޑު ބަދަލާ ގުޅިގެން މަޖިލީހުގައި އެ ފަރާތްތައް ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ދަފްތަރަށް އައި ބޮޑު ބަދަލާއެކު މަޖިލީހުގައި އެފަރާތްތަށް ހިމެނޭ ނިސްބަތަށް ބަދަލު އައިސްފައިވާތީ އެ ހަމަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ކޮމިޓީތަކަށް ގެނެވެންދެން ކޮމިޓީތަކުގެ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދެވިފައިނުވާކަން ފާހަގަކޮށް އެކަމަކީ ބުނެވިދިޔަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ކަމާއިގުޅޭ ޖަލްސާއަށް ހުށަނޭޅި  މަޑުޖެއްސިދާނެ ސަބަބެއް ނުފެންނަ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއްނެތި، ގާނޫނު އަސާސިއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި މަޖލީހުގެ ނިންމުންތަކާ އެއގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް 54 މެމްބަރުން ހުށަހޅާފައިވާ ގަރާރު މަޖިލީހަށް ހުށަހެޅި އެއާމެދު ގޮތެއް ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް އަމީން އާއްމަށް އަންގަވާފައިވީ ނަމަވެސް ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ކައުންސިލަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

އެގޮތުން ނިއުޝާ ވިދާޅުވީ މަޖިލީހަށް ގަރާރެއް ހުށަހެޅި އެގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަން  މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ބެލުމުން  އެނގެން އޮތުމާއެކު ކައުންސެލް ޖެނެރަލް ދެއްވި މަޝްވަރާގެ އަލީގައި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ފެންނަ ކަމަށެވެ.

ނިއުޝާ ވަނީ މަޖިލީހުގެ ދެން ބާއްވާ  ޖަލްސާއަށް އެޖެންޑާ ކުރުމަށް ފެންނަ ދެތިން ކަމެއް ނަޝީދަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް އައި ބަދަލާ ގުޅިގެން ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލު ކުރުމަށް އާއްމު ކޮމިޓީން ފާސްކުރަންޖެހޭ ވަގުތާއި، މެމްބަރުން ދައްކާނެ ވާހަކަ އާއި، ފުރުސަތުގެ އަދަދާއި ފުރުސަތުގެ ދިގުމިން ކަނޑައެޅުމަށް ވަނީ އެދިފައެވެ.

އެގޮތުން އާއްމު ކޮމިޓީގެ ބައްދަލުވުން ބާއްވައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވަގުތު ކަނޑައަޅައި އެކަންކަމުގެ އެންމެހައި އިންތިޒާމް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ނިއުޝާ ވަނީ ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަށް އެޖެންޑާކޮށްދިނުމަށް ވެސް އަމީން އާއްމު ވަނީ މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

ސިޓީ ނިންމާލަމުން އަމީން އާއްމު ހުލާސާކޮށް ރިއާޔަތްކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ މައްޗަށެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރުގެ މުއްދަތު މި ޖޫން މަހުގެ 8 ވަނަ ދުވަހު ހަމަވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެތާރީހުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ބޭސްވޭ ޖަލްސާ އަށް ހުށަޙަޅަންވާނެ ގަރާރަކަށް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ވާކަން ފާހަގަކޮށް މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކޮށް ބޭއްވުމަކީ އަމީން އާއްމުގެ މަސްއޫލިއްޔަތާއި ވާޖިބުކަމަށް ނިއުޝާ ވިދާޅުވެފައިވެއެވެ.

ނިއުޝާ ވަނީ ރައީސް ނަޝީދު އޭނާ އަށް ފޮނުއްވި ސިޓީގައި މަޖިލީހުގެ އަމީން އާއްމާއި މަޖިލިސް ނުހުއްޓި ކުރިއަށްދާނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެކަން ފާހަގަކޮށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ މުއްދަތުގެ ތެރޭގައި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުހުއްޓި ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ނިއުޝާ ވަނީ ނަޝީދުގެ އަރިހުން އިހްތިރާމާ އެކު އެދިވަޑައިގެންފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: